ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 14:52
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ސަން އޮންލައިން
ކޮންފަރެންސް
ރާއްޖޭގައި އިންޓަރނޭޝަނަލް ހަލާލް މެނޭޖްމަންޓު ކޮންފަރެންސް ބާއްވަނީ
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 17 އިން 18 އަށް
މި ކޮންފަރެންސްގައި އިލްމީ ދިރާސާތަކަށް ބަލާލެވޭނެ
މި ކޮންފަރެންސް ކުރިއަށްގެންދަނީ ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާއާއި ގުޅިގެން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާއާއި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކު ފައިނޭންސް އާއި ގުޅިގެން  އިންޓަރނޭޝަނަލް ހަލާލް މެނޭޖްމަންޓު ކޮންފަރެންސް 2018 ރާއްޖޭގައި ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.

ގައުމީ ޔުނިވަރސިޓީން ބުނީ މިއެއްބަސްވުމުގައި ސޮއި ކުރެވުނީ 2 އެޕްރީލް 2018 ވަނަ ދުވަހު ކަމަށެވެ.  ޔުނިވަރސިޓީގައި ބޭއްވުނު މިއެއްބަސްވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ  ވައިސްޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފާއި ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ ފަރާތުން އެޔުނިވަރސިޓީގެ ޑީން ޕޮރްފެސަރ އާމިރު ޝަހަރުއްދީނާއި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކު ފައިނޭންސްގެ ފަރާތުން ޑައިރެކްޓަރ އިބްރާހިމް ދީދީއެވެ.

މިކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖުލައި 17 އިން  18އަށް މާލޭގަ އެވެ.

 "ސަސްޓެއިނިންގ ގުލޯބަލް ހަލާލް އީކޯސިސްޓަމް" ގެ ދަށުންބާއްވާ މިކޮންފަރެންސަކީ އިލްމީ ދިރާސާތަށް ހުށަހަޅައި ދުނިޔޭގެ ކުންފުނިތަކުން ހަލާލުގެ މިންގަޑުތައް ބޭނުންކުރާގޮތުގެ މައުލޫމާތުލިބިގެންދާނެ ކަމަށް ގައުމީ ޔުނިވަރސިޓީން ބުނެ އެވެ. ދުނިޔޭގައި "ހަލާލް ކޮންސެޕްޓު"ގެ އުފެންދުންތަކަށް 2.77 ޓްރިލިއަން ޑޮލަރުގެ މާރކެޓައް އޮންނަ އިރު މިފަދަ މާރކެޓަކަށް ވިޔަފާރިތައް އަހުލުވެރިކުރެވިދާނެ ދިރާސާތައް ހުށަހަޅައިދޭނެ މުހިންމު ކޮންފަރެންސަކަށް ވެގެންދާނެ ކަމަށް ގައުމީ ޔުނިވަރސިޓީން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް