ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 11:19
މިފަދަ ޕްލެޓްފޯމެއް ތައާރަފްކުރުމުން ކުނި ނެގުމުގެ މަސައްކަތް ހަރުދަނާވާނެ ކަމަށް ވެމްކޯއިން ދެކޭ
މިފަދަ ޕްލެޓްފޯމެއް ތައާރަފްކުރުމުން ކުނި ނެގުމުގެ މަސައްކަތް ހަރުދަނާވާނެ ކަމަށް ވެމްކޯއިން ދެކޭ
މުހައްމަދު ޝަރުހާން
ވެމްކޯ
ކުނި ނެގުމުގެ ހިދުމަތް ބަލަހައްޓަން ވެމްކޯގެ ޚާއްސަ އެޕެއް!
މި އެޕުން ކޮންމެ ދުވަހަކު ވެސް ކުނި ނަގާ ތަންތަނާއި ނުނަގައި ދޫކޮށްލާ ތަންތަން ވަގުތުން ބަލައިލެވޭ

ކުނި ނެގުމުގެ ހިދުމަތް މޮނިޓާކުރުމަށް ޑިޖިޓަލް ޕްލެޓްފޯމެއް ކުނި އުކައިދޭ ކުންފުނި ވެމްކޯ އިން ތައާރަފްކޮށްފިއެވެ. 

ވެމްކޯއިން ބުދަ ދުވަހު ތައާރަފްކުރި ވެބް ޕްލެޓްފޯމަކީ ކުނި ނަގަމުންދާ ގަޑިތަކުގައި އެ މަސައްކަތް ވަގުތުން ބަލައިލެވޭ ހާއްސަ ސައިޓެކެވެ. މި ސައިޓުން ކޮންމެ ދުވަހަކު ވެސް ކުނިނަގާ ތަންތަނާއި ނުނަގައި ދޫކޮށްލާ ތަންތަން ވަގުތުން ބަލައިލެވޭނެ ކަމަށް ވެމްކޯއިން ބުނެއެވެ. އަދި ކުނި ނުނެގޭ ގެތަކުން ކުނި ނުނެގުނު ސަބަބާ އެކު ކުނި ނެގުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި ސައިޓުގައި ނޯޓު ކުރެއެވެ. 

ވެމްކޯއިން ބުނީ، މިފަދަ ޕްލެޓްފޯމެއް ތައާރަފްކުރުމުން ކުނި ނެގުމުގެ މަސައްކަތް ހަރުދަނާވެ، މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ފަހުން ވެސް ފެންނާނެ ގޮތަށް ރެކޯޑް ކުރެވިގެންދާނެ ކަމަށެވެ.

ނަމަވެސް މި ސައިޓު ބޭނުންކޮށްގެން މާދަމާއިން ފެށިގެން ހުލުމާލެ ވެސް މޮނިޓާކުރަން ނިންމާފައިވާއިރު މާލެ އާއި އެނޫން ސިޓީތަކާއި އާބާދީ ބޮޑެތި ރަށްތައް ވެސް މި ޕްލެޓްފޯމްގެ ތެރެއިން ވަރަށް އަވަހަށް މޮނިޓާކުރަން ފަށާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

މި ޕްލެޓްފޯމް ބޭނުންކުރަން ބުދަ ދުވަހު ވެމްކޯއިން ފަށާފައި ވަނީ ވިލިނގިލީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް