ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 08:48
ބަލި މީހުން ހެލިކޮޕްޓަރަށް އަރުވައިގެން ގެންދަނީ
ބަލި މީހުން ހެލިކޮޕްޓަރަށް އަރުވައިގެން ގެންދަނީ
އެމްއެންޑީއެފް
ހެލިކޮޕްޓަރ ގެންދިޔުން
ރާއްޖެއަށް އިންޑިޔާ ސަރުކާރުން ހަދިޔާ ކުރި އެއް ހެލިކޮޕްޓަރު އަނބުރާ ގެންދިއުމަށް ރާއްޖެއިން އެދެފި
އިންޑިއާ އިން ދެ ހެލިކޮޕްޓަރު ދީފައިވޭ
ބަދަލުގައި ރާއްޖެ އިން ބޭނުން ވަނީ ޑޯނިއަރ މެރިޓައިމް ސަރވައަލެންސް އެއަރކްރާފްޓެއް
ދެގައުމުގެ ގުޅުން ވަނީ ހީނަރުވެފައި

ދިވެހި ރާއްޖެ އަށް އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އަނބުރާ ފޮނުވާލުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ ޓައިމްސް އޮފް އިންޑިއާގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ދެ ގައުމުގެ ގުޅުން އިންތިހާއަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ގެންދިއުމަށް ދިވެހި ސަރުކާރުން އިންޑިއާ އަށް އަންގާފައިވާ ކަމަށެވެ.

ސަރުކާރުގެ ރަސްމީ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ ދިވެހި ސަރުކާރުން ބޭނުންވަނީ، އެޑްވާންސް ލައިޓް ހެލިކޮޕްޓަރެއްގެ ބަދަލުގައި ޑޯނިއަރ މެރިޓައިމް ސަރވައަލެންސް އެއަރކްރާފްޓެކެވެ. 

ދެ ހެލިކޮޕްޓަރުގެ ތެރެއިން އިންޑިއާއަށް އަނބުރާ ފޮނުވާލުމަށް ނިންމާފައި ވަނީ އައްޑޫ ގަމުގައި އޮންނަ ހެލިކޮޕްޓަރެވެ. އަނެއް ހެލިކޮޕްޓަރު އޮންނަނީ ލ. ކައްދޫގައެވެ.

ހެލިކޮޕްޓަރު ދުއްވުމުގަ އާއި ބެލެހެއްޓުމުގައި އިންޑިއާގެ ސިފައިން ވެސް ހަރަކާތްތެރިވެއެވެ.

އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެއް ގެންދިއުމަށް އަންގާފައިވާ އިރު ދާދިފަހުން ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ނުވަތަ ސަރަހައްދީ ރޮގު ބެލެހެއްޓުމުގައި ޕާކިސްތާނާ އެކު މަޝްވަރާކޮށްފައެވެ.

ޕާކިސްތާނުގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ގަމަރް ޖާވިދް ބަޖްވާ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީނާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރާ ބައްދަލުކުރައްވާފައި ވެއެވެ.

އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ރާއްޖެ އިން ޕާކިސްތާނުގެ އެހީތެރިކަމަށް އެދިފައިވާ އިރު މީގެ ކުރިން ރާއްޖޭގެ ސަރަހައްދީ ރޮގު ބެހެލެއްޓުމުގައި ހަރަކާތްތެރިވާ ހަމައެކަނި ގައުމަކީ އިންޑިއާއެވެ. އެގޮތުން އިންޑިއާ އިން ގާތްގަނޑަކަށް 900000 ސްކުއަރ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލަހައްޓަމުންދެއެވެ. ވަޔާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިޔާގެ އަސްކަރިއްޔާ އިން ހަރަކާތްތެރިވެއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫ އަރަންފެށީ މި ސަރުކާރުން އިންޑިއާއާ މެދު އަމަލުކުރަމުން ދާ ގޮތުންނެވެ. ހާއްސަކޮށް އިންޑިއާގެ ސަރަހައްދީ ވާދަވެރިޔާ ޗައިނާއާ އެކު ގުޅުން ބަދަހިކޮށް މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމާ ގުޅިގެން އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަނެއްކޮޅުން ޕާކިސްތާނަކީ އިންޑިއާގެ އެންމެ ބޮޑު ހަތުރެވެ. ރާއްޖެ މެދުވެރިވެގެން އިންޑިއާ ކަނޑުގައި ޕާކިސްތާނުގެ ނުފޫޒު ގަދަވުމަކީ ވެސް އިންޑިއާ އިން ރުހޭނެ ކަމެއް ނޫނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 އޭޕްރިލް 2018 | ބުދަ 06:41
ހ މ ޒ
ރާއްޖޭގައި ދޮގު ޚަބަރު ފެތުރުން ހުއްޓުވަން ޤާނޫނެއް ބޭނުންވޭ!؟
4 އޭޕްރިލް 2018 | ބުދަ 06:37
ހ މ ޒ
އިންޑިއާގެ މަޝްހޫރު ދުވަހު ނޫހެއްކަމަށްވާ "އިންޑިއަން އެކްސްޕްރެސް"އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ ރާއްޖޭގެ ކަންކަމާއި އިންޑިއާއިން ނުބެހޭނޭކަން ޗައިނާއަށް އަންގާފައިވާނޭކަމަށެވެ. އަދި ޗައިނާއާއި އިންޑިއާއި ދެމެދު ކިތަންމެ ނުތަނަވަސްކަމެއް އޮތްނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އިތުބާރާއި، އެކުލަވާލާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ޗައިނާއިންވެސް އިޙްތިރާމްކުރާނެކަމަށް އުއްމީދުކުރާކަމަށް އެނާ ވިފދާޅުވެފައިވެއެވެ. އަދި އޭޝިއާ އާއި ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ނުފޫޒު ގަދަ ޤައުމުގެ ގޮތުގައި އިންޑިއާ އޮތް އޮތުން މިހާރު މާޒީވެގޮސްފައިވާކަމާށާއި، އިންޑިއާ ކަނޑުގައި އިންޑިއާއަށް އޮތް ބާރާއި ނުފޫޒުވެސް މާޒީވެގޮސްފައިވާކަމަށް އިންޑިއަން އެކްސްޕްރެސް އަށް މަޢުލޫމާތުދިން އިންޑިއާ ސަރުކާރުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.