ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 06:02
ފަލަސުރުޚީ ޕްރޮގްރާމްގައި ލަތީފް (ވ) ބައިވެރިވެވަޑައިގަންނަވަނީ
ފަލަސުރުޚީ ޕްރޮގްރާމްގައި ލަތީފް (ވ) ބައިވެރިވެވަޑައިގަންނަވަނީ
އަހުމަދު މުހުސިނު
12 މެމްބަރުންގެ ގޮނޑި
ބައި އިލެކްޝަން ބާއްވާކަށް ނުޖެހޭ، ބޭއްވިޔަސް ރައީސް ޔާމީނަށް ކާމިޔާބެއް ނުވާނެ: ލަތީފް
ރައީސް ޔާމީނަށް މިރާއްޖޭގައި ދެން ލިބޭނެ ގޮނޑިއެއް ނެތް، ލިބޭނީ އަނދަގޮނޑި: ލަތީފް
12 މެމްބަރުންގެ ގޮނޑި ގެއްލުވާލާފައި ވަނީ ގާނޫނާ ހިލާފަށް
މި ވެރިކަން ރޮދިކޮޅަކަށްވުރެ ބަލިވެއްޖެ ކަމަށް ލަތީފް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ 85 ދާއިރާގެ ތެރެއިން ގޮނޑި ހުސްވެފައިވާ ކަމަށް ސަރުކާރުން ބުނާ 12 ދާއިރާގެ ގޮނޑިއަށް މެމްބަރުން އިންތިޚާބުކުރަން ބައި އިލެކްޝަން ބާއްވަން ނުޖެހޭކަމަށާއި، ބޭއްވިޔަސް ރައީސް ޔާމީނު ނެރުއްވާ ކެންޑިޑޭޓުންނަށް އެއިންތިޚާބުތައް ކާމިޔާބުނުވާނެކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި، އެހެން ކަމުން އިންތިޚާބު ބާއްވަން ނުޖެހޭ ކަމަށެވެ. ބައި އިލެކްޝަނެއްގައި ވާދަކުރަންވެސް ސަރުކާރަށް ނުކެރޭނެ ކަމަށާއި، އެ ހިތްވަރު ރައީސް ޔާމީންގެ ނުހުންނާނެކަމަށް ލަތީފް ވިދާޅުވިއެވެ. 

"ނުކެރޭނެ މިސަރުކާރަކަށް. ރައީސް ޔާމީންގެ އެވަރަށް ހިތްވަރެއް ނެތް. ރައީސް ޔާމީންއަކީ ހަމައެންމެ ފިނޑި މީހުންގެ ތެރެއިން ފިނޑިއެއް. ރައީސް ޔާމީނަށް ކުރެވޭނީ ހަމައެކަނި ފިލާ ހުރެގެން ކުރެވޭ ކަންތައްތައް. ކުރިމައްޗަށް ނިކުމެގެން ކުރާ ކަންތައްތަކެއް ކުރާކަށް ނުކެރޭނެ. ފިލާ އުޅޭނީ. މިހާރަކަށް އައިސް ނުފެނޭ ނޫންތޯ އެއްކަލަ ފޮނޑި ކަނޑާ ތަނެއް. ބޮޑު ކަނޑާތަނެއްވެސް ނުފެނޭ ނޫންތޯ. ކޮބައިތޯ މިޤައުމުގެ ރައީސް. ރައީސޭ ކިޔާ އަޑު އިވެނީ ދެއްތޯ،" ލަތީފް ވިދާޅުވިއެވެ. 

ލަތީފް ވިދާޅުވީ ވަރަށް ފުދިގެން ރައީސް ޔާމީން ކުރިން އުޅުއްވި ނަމަވެސް، ރޮދިކޮޅަކަށްވުރެ މިހާރު ހިމަވެއްޖެކަމަށެވެ. މިހާރު ރައީސް ޔާމީންގެ އަތްޕުޅުގައި އޮތް ހަމައެކަނި އެއްޗަކީ ބަޑިގުދަނުގެ ތަޅުދަނޑިކަމަށާއި، ވެރިކަމުގައި އެ ހުންނެވެނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ލަތީފް ވިދާޅުވީ ގޮނޑި ގެއްލިއްޖެ ކަމަށް ބުނާ 12 ދާއިރާގެ ތެރެއިން އެންމެ ގޮނޑިއެއްވެސް ރައީސް ޕީޕީއެމްއަށް ދެން ކާމިޔާބު ނުވާނެކަމަށެވެ. 

"ނުލިބޭނެ. ކޮން ގޮނޑިއެއްތޯ، އެއް ގޮނޑިއެއްވެސް ނުލިބޭނެ! ރައީސް ޔާމީނަށް ލިބެންޏާ ލިބޭނީ އަނދަގޮނޑި. ރައީސް ޔާމީނަށް ދެން މިޤައުމުގައި ލިބެންޏާ ލިބޭނީ ހަމައެކަނި އަނދަގޮނޑި. ދެން އިތުރު ގޮނޑިއެއް ލިބޭނެކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އެވަރު ހިތްވަރު ހުރި ބޭފުޅެއް ނޫނޭ އަޅުގަނޑު މިދަންނަވަނީ ކެރިގެން." 

ލަތީފަކީވެސް ގޮނޑި ގެއްލުނުކަމަށް ސަރުކާރުން ބުނާ 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެހެން ނަމަވެސް ދާދިފަހުން އިންޓަރޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) އިން ރާއްޖެއާއި ދެކޮޅަށް ނެރުނު ޤަރާރުގައިވެސް ލަތީފް އާއި އެހެން މެމްބަރުން ޕީޕީއެމްއިން ވަކިވެވަޑައިގަތީ އިޖުރާއަތުތައް ފުރިހަމަކޮށްފައިކަމަށާއި، އެހެން ކަމުން އެބޭފުޅުންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުގެ ޖާގައެއް ނެތްކަމަށް ބުނެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް