ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 05:38
މަހުލޫފު ކޯޓަށް ގެނައުމަށްފަހު އަނބުރާ ދޫނިދޫއަށް ގެންދިޔުމަށް ފުލުހުންގެ ލޯންޗަށް އެރުވުމުން ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައްވަނީ
މަހުލޫފު ކޯޓަށް ގެނައުމަށްފަހު އަނބުރާ ދޫނިދޫއަށް ގެންދިޔުމަށް ފުލުހުންގެ ލޯންޗަށް އެރުވުމުން ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައްވަނީ
މުހައްމަދު ޝަރުހާން
މެމްބަރު މަހުލޫފް
މަހުލޫފު ހައްޔަރުކޮށްފައި ހުރުމުން ޕީޖީއޭ އިން ކަންބޮޑުވުން ފާޅުކޮށްފި
މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފިނަމަ ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލާނަން: ޕީޖީއޭ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ދިގު މުއްދަތަކަށް ބަންދުކޮށްފައިވާތީ ޕާލަމެންޓޭރިއަންސް ފޮރ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަހުލޫފާއި ދެކޮޅަަށް ކުރެވޭ ދައުވާތަކަކީ އަސްލެއް ނެތް، ސިޔާސީ ކުލަ ޖެހިފައިވާ ދައުވާތަކެއްކަމަށް ސިފަކޮށް. ދުނިޔޭގެ 142 ޤާނޫނު ހަދާ މަޖިލީހެއްގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ އެޖަމާޢަތުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިންސާނީ ހައްޤުތަކަށް ސަރުކާރުން ތަކުރާރުކޮށް އަރައިގަންނަ ގަތުން ކުށްވެރިކުރާކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައްޤުތަކަށް އަރައިގަންނަ މައްސަލައިގައި ކަންބޮޑުުވުން ފާޅުކޮށް އިންޓަޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) އިން ވެސް ވަނީ ކުރިން ބަޔާނެއް ނެރެފަ އެވެ. 

ޖިނާޢީ ޢަދުލުގެ ނިޒާމުގައި ހުންނަ މައްސަލަތަކާބެހޭ ގޮތުން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ކުރިއަށްދާ ކޮންސަލްޓޭޝަނެއްގައި ދިއްލީގައި ވާހަކަ ދައްކަވަމުން އަންގާރަ ދުވަހު ޕީޖީއޭގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޑޭވިޑް ޑޮނެޓް ކެޓިން ވިދާޅުވީ އިންޑިއާގައި ކުރިއަށްދާ ސެޝަންއަށް މަހުލޫފަށް ދައުވަތު ނުދެވޭތީ އެކަމާއި ހިތާމަކުރައްވާކަމަށެވެ. އަދި މެމްބަރުންގެ ހައްޤުތަކަށް ސަރުކާރުން އަރައިގަތުން ޑރ. ކެޓިން ސިފަކުރެއްވީ ސަރުކާރުން ބާރުގެ ބޭރުން ނަހަމަ ގޮތުގައި ހިފުމުގެ ގޮތުގައެވެ.

ޕީޖީއޭއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވުމުގެ ސަބަބުން، ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކުރިމަތިވަމުންދާ ގޯނާތަކުގެ ސަބަބުން އެކި ފަހަރުމަތިން ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އިންސާފުވެރި ޝަރީޢަތެއް ކުރިއަށް ނުގެންގޮސް ދިގު މުއްދަތަކަށް މަހުލޫފު ބަންދުކޮށް ބަހައްޓައިގެން ސަރުކާރުން ހިންގާ އަމަލުތަކަކީ ރާއްޖޭގެ ޤާނޫނުތަކާ ބައިނަލްއަޤްވާމީ ޤާނޫނާއިވެސް ޚިލާފުކަމެއްކަން ޕީޖީއޭ އިން ވަނީ ފާހަގަކޮށްފައެވެ. އަދި މަހުލޫފާއި ދެކޮޅަށް ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ދައުވާ އުފުލައިފިނަމަ ރާއްޖެއާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ގޮވާލުމަށް ޕީޖީއޭއިން ފަސްނުޖެހޭނެކަމަށްވެސް އެޖަމާޢަތުން ވަނީ ބުނެފައެވެ. 

ޕީޖީއޭ އަކީ ދުނިޔޭގެ 142 ޤާނޫނު ހަދާ މަޖިލީހަކަށް ނިސްބަތްވާ 3000 އަށްވުރެ ގިނަ މެމްބަރުންގެ މައްޗަށް އެކުލެވޭ، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ހައްޤުގައި މަސައްކަތްކުރާ ޖަމާޢަތެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 އޭޕްރިލް 2018 | ބުދަ 06:24
ހ މ ޒ
ރިޔާސީ އިންތިޚާބުގެ ވޯޓް ރަޖިސްޓްރީ އަންނަ މަހު އިއުލާން ކުރާނެ!