ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 04:37
ކުނޫޒުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން
ކުނޫޒުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން
ރާއްޖެ އެމްވީ
ގުޅިފައިވާ ޕާޓީތައް
ހައްޔަރުކޮށްފައި ތިބި ފަރާތްތަކުގެ އާއިލާތަކާއެކު، ބުދަ ދުވަހުގެ ރޭ ޖަލްސާއެއް!
ޖަލްސާ ބާއްވާނީ މ. ކުނޫޒުގައި
ބުދަ ދުވަހުގެ ރޭ 9:00ގައި
އިހްތިޖާޖު ކުރިއަށް ގެންދާތާ 62 ދުވަސް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ފަރާތްތަކާއި ހުކުމް ތަންފީޒު ކުރަމުން ގެންދާ ސިޔާސީ ފަރާތްތަކުގެ އާއިލާތަކުގެ މެމްބަރުން ބައިވެރިވާ ހާއްސަ ޖަލްސާއެއް ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދާ އެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބުދަ ދުވަހުގެ ރޭ 9:00 ގައެވެ. އެ ޖަލްސާ ބާއްވާނެކަން އިއުލާންކޮށްފައި ވަނީ އެމްޑީޕީ ހަރުގޭގެ ކުރިމަތީގައި އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އިހްތިޖާޖުގައެވެ.

ބުދަ ދުވަހުގެ ރޭ ކުނޫޒުގައި ބާއްވާ ޖަލްސާގައި ހައްޔަރުކޮށްފައި ތިބި ލީޑަރުންގެ އާއިލާތަކާއި ހައްޔަރުކޮށްފައި ތިބި މަޖިލީހުގެ މެމްބަރުންގެ އާއިލާގެ މެމްބަރުންގެ އިތުރުން ސިޔާސީ ދައުވާތަކާ ގުޅިގެން ކުށް ސާބިތުކޮށްފައިވާ ފަރާތްތަކުގެ އާއިލާތައް ވެސް އެ ޖަލްސާގައި ބައިވެރިވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުންޏެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، މެދުނުކެނޑި ކޮންމެ ރެއަކު ވެސް ގުޅިފައިވާ ޕާޓީތަކުން ދަނީ އިހްތިޖާޖުތައް ކުރިއަށް ގެންދަމުންނެވެ. ވޭތުވެދިޔަ 62 ދުވަހުގެ ތެރޭގައި އިހްތިޖާޖު ކުރުމުގެ ގޮތުން ގުޅިފައިވާ ޕާޓީތަކުން ވަނީ ބޮޑެތި އެއްވުންތަކާއި ކަންމަތީ ބައްދަލުވުންތަކާއި ޖަލްސާތައް ކުރިއަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
4 އޭޕްރިލް 2018 | ބުދަ 06:30
ހ މ ޒ
އެމްޑީޕީ އޭދަފުށީ ގޮފީގެ ރައީސް ޕީޕީއެމަށް ސޮއިކޮށްފި!؟
4 އޭޕްރިލް 2018 | ބުދަ 06:25
ހ މ ޒ
ރިޔާސީ އިންތިޚާބުގެ ވޯޓް ރަޖިސްޓްރީ އަންނަ މަހު އިއުލާން ކުރާނެ!