ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 19:49
ހުސެއިންއަށް ފުލުުހުން އަނިޔާ ކުރި ،މައްސަލަ އެޗްއާރުސީއެމުން ވެސް ދަނީ ބަލަމުން
ހުސެއިންއަށް ފުލުުހުން އަނިޔާ ކުރި ،މައްސަލަ އެޗްއާރުސީއެމުން ވެސް ދަނީ ބަލަމުން
ރާއްޖެއެމްވީ
ހުސެއިން އަށް އަނިޔާކުރުން
ހުސެއިން އަށް އަނިޔާ ކުރިތާ ދޮޅުމަސްފަހުން އެންއައިސީއަށް ހާޒިރުކޮށް ލިބިފައި ހުރި އަނިޔާތައް ބަލައިފި
ހުސެއިން އާއި ރާއްޖެޓީވީގެ ވަކީލާއި އެކު އެ ކޮމިޝަނަށް ހާޒިރުވާން އެންގީ ހޯމަ ދުވަހު
ރާއްޖެޓީވީގެ ފަރާތުން އެ ކޮމިޝަނުގައި އެދުނީ އެދުވަހުގެ އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުން ހޯދައި ދިނުމަށް

ފެބުރުއަރީ 16 ވަނަ ދުވަހުުގެ މުޒާހަރާ ގެނެސް ދިނުމުގައި ހަރަކާތްތެރިވި ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން އަށް ފުލުހުން އަނިޔާ ކުރިތާ ދޮޅުމަސްފަހުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހާޒިރުކޮށް އޭނާއަށް ލިބިފައި ހުރި އަނިޔާތައް ބަލައި ފޮޓޯ ނަގައިފިއެެވެ.

ހުސެއިިން ހައްޔަރުކޮަށް ފުލުހުން އަނިޔާކުރި މައްސަލަ ރާއްޖެޓީވީން އެ ކޮމިޝަނަށް ހުށައެޅުމުން އޭގެ ދޮޅުމަސްފަހުން ހުސެއިން އާއި ރާއްޖެޓީވީގެ ވަކީލާއި އެކު އެ ކޮމިޝަނަށް ހާޒިރުވާން އެންގީ ހޯމަ ދުވަހުއެވެ. އަދި ހާޒިރު ވުމުން ވަކީލުގެ ހާޒިރުގައި ބަޔާން ނަގައި ހުސެއިންގެ ހަށިގަނޑުގެ ބައެއް ތަންތަނުގެ ފޮޓޯ ވަނީ ކޮމިޝަނުން ނަގާފައިވެއެވެ.

ކޮމިޝަނަށް ހާޒިރުކުރުމުން ރާއްޖެޓީވީގެ ފަރާތުން އެ ކޮމިޝަނުގައި އެދުނީ އެދުވަހުގެ އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުން ހޯދައި ދިނުމަށެވެ. އަދި އެއިރުން އެ ފުލުހުން އައިޑެންޓިފައި ކުރެވޭނެ ކަމަށް ކޮމިޝަންއަށް ރާއްޖެޓީވީގެ ފަރާތުން ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ މީގެ ކުރިން އެޗްއާރްސީއެމުން ހުސައިންގެ ބަޔާން ނަގާފައިވާއިރު، އާދިއްތަ ދުވަހު ބައެއް ކަންކަން އިތުރަށް އޮޅުން ފިލުވާފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅޭ ބައެއް ވީޑިއޯތަކާއި ފޮޓޯތައް ވެސް އެޗްއާރްސީއެމްއާއި ހިއްސާކޮށްފައިވާ ކަމަށް ނިޝާން ވިދާޅުވި އެވެ.

އެޗްއާރްސީއެމް އިން ހުސައިންގެ ބަޔާން ފުރަތަމަ ނަގާފައިވަނީ އޭނާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާދެމުންދަނިކޮށެވެ.

ހުސައިން ހައްޔަރުކުރިއިރު، އޭނާ ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނާ މައްސަލަ ވެސް ތަހްގީގުކުރާ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ. މި މައްސަލައިގެ ތަހްގީގަށް، މުޒާހަރާ ކޮންޓްރޯލް ކުރުމަށް ނެރެފައިވާ ހުރިހާ ފުލުހުންގެ މައުލޫމާތު ހޯދާފައިވާ ކަމަށް ވެސް އެޗްއާރުސީއެމް އިން ބުނެ އެވެ.

ހައްޔަރުކުރުމަށް ފަހު ފުލުހުން ހުސައިން ދިން އަނިޔާތަކާ ގުޅިގެން އޭޑީކޭއިން ފަރުވާ ހޯދުމަށް ފަހު، ލަންކާއިން ވެސް ފަރުވާ ހޯދާފައިވެ އެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް