ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 15:51
އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ރާއްޖެޓިވީ
ނޫސްވެރިކަމަށް ކުދިން ތަމްރީނު ކުރުމަށް ސައިރިކްސް ކޮލެޖާއި ރާއްޖެޓީވީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
މި އެއްބަސްވުމަކީ މަޤްސަދަކީ ނޫސްވެރިކަމުގެ ދާއިރާ އަށް ކުދިން ތަމްރީނުކުރުން
މި ކޯހަކީ ކުރު މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެއް

ސައިރިކްސް ކޮލެޖާއި ރާއްޖެޓީވީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު ސައިރިކްސް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ހުސެއިން ފިޔާޒް މޫސާ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާއިރު އެ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ސޫޑަންޓްސް ޑީން އަނިލް އާދަމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޔާޒް ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ތަޖުރިބާކާރު ފަރާތްތަކާއެކީ ކަމަށާއި އުންމީދަކީ ޕްރޮގްރާމް އިތުރަށް ފުޅާވެގެން ދިއުން ކަމަށެވެ.

މި އެއްބަސްވުމަކީ މަޤްސަދަކީ ނޫސްވެރިކަމުގެ ދާއިރާ އަށް ކުދިން ތަމްރީނުކޮށް ނޫސްވެރިކަމުގެ ދާއިރާއަށް ހުނަރުވެރި ޤާބިލް ކުދިންތަކެއް ނެރެދިނުމެވެ.

ސައިރިކްސް ކޮލެޖްގެ ސޫޑަންޓްސް ޑީން އަނިލް ވިދާޅުވީ ސައިރިކްސް ކޮލެޖުން މުޖުތަމައުގެ ކަންތައްތައް އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށްޓަކައި އެކި ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެގޮތުން މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި އެ ކޮލެޖުން  ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

މި ކޯހަކީ ކުރު މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް