ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 15:09
އަބްދުﷲ ރިޔާޒު: ބަންދުގެ އަމުރު ރިވިއު ކޮށްދޭން ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައި
އަބްދުﷲ ރިޔާޒު: ބަންދުގެ އަމުރު ރިވިއު ކޮށްދޭން ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައި
މުހައްމަދު ޝަރުހާން
އަބްދުﷲ ރިޔާޒު
ރިޔާޒުގެ ބަންދުގެ އަމުރު ރިވިއު ކޮށްދޭން ކްރިމިނަލް ކޯޓުގައި އެދިއްޖެ
ރިވިއުކުރަން ބާއްވަން އުޅުނު އަޑުއެހުން ވަނީ ކެންސަލްކޮށްފައި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރި އަަމުރު ރިވިއު ކުރުމަށް އޭނާގެ ގާނޫނީ ވަކީލު ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.

ޝަރީއަތް ނިމެންދެން އަބްދުﷲ ރިޔާޒު ބަންދު ކުރުމަށް ކުރި އަމުރު ރިވިއު ކުރުމަށް އޭނާގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު އެދިވަޑައިގެންފައި ވަނީ ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރު އާދަމް އަރީފަށް ފޮނުއްވެވި ސިޓީއެއްގައެވެ.

ނޫރުއްސަލާމް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ޝަރީއަތް ނިމެންދެން ރިޔާޒު ބަންދު ކުރުމަށް އަމުރުކޮށްފައި ވަނީ ކުއްލި ގޮތަކަށް ބޭއްވި އަޑުއެހުމެއްގައި ކަމަށާއި އެކަން ހިނގައިދިޔަ ގޮތުން އޭނާގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.

އަބްދުﷲ ރިޔާޒު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރި ދުވަހު, ޝަރީއަތުގެ މަޖިލީހުގައި ރިޔާޒު ކަންތައްތަކެއް ފާހަގަ ކުރެއްވި ކަމަށާއި އެކަންތައްތަކާ ގުޅޭ ގޮތުން ވަކީލެއްގެ ހާޒިރުގައި ދެން ބާއްވާ އަޑުއެހުމެއްގައި އެ އަމުރު ރިވިއުކޮށްދެއްވާނެ ކަމަށް ގާޒީ ވިދާޅުވި ކަމަށް ނޫރުއްސަލާމް ކްރިމިނަލް ކޯޓަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ ބަންދާމެދު ގޮތެއް ނިންމަން ތާވަލު ކުރި ޝަރީއަތް ކެންސަލް ކޮށްފައިވާތީ، މިހާތަނަށް ވެސް ވަކީލެއްގެ ހާޒިރުގައި ބަންދުގެ އަމުރު ރިވިއުކޮށް ގޮތެއް ނުނިމިވާ ކަމަށެވެ. އެހެންކަމުން ބަންދުގެ އަމުރު ރިވިއު ކޮށްދެއްވާނެ ކަމަށް އެ އަމުރު ނެރުއްވި ގާޒީ ވިދާޅުވެފައިވީ ނަމަވެސް، މިހާތަނަށް އެފަދަ މައްސަލައެއްގެ އަޑުއެހުމެއް ބާއްވައިފައިނުވުމުގެ ސަބަބުން ރިޔާޒުގެ މަދަނީ އަދި ސިޔާސީ ހައްގުތައް ގެއްލިގެންދާ ކަމަށް ގާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާޒަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ މެމްބަރަކަށްވާތީ، ހައްގު ނޫން ގޮތުގައި އޭނާ ބަންދުކޮށްފައި ހުރުމަކީ އޭނާ ތަމްސީލު ކުރާ ރައްޔިތުންގެ ހައްގުތަކަށް އުނިކަމެއް ލިބޭނެ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް