ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 13:43
ރޮހިންގާ މީހުންގެ ދިފާއުގައި ދިވެހިން ކުރި މުޒާހަރާއެއްގެ ތެެރެއިން
ރޮހިންގާ މީހުންގެ ދިފާއުގައި ދިވެހިން ކުރި މުޒާހަރާއެއްގެ ތެެރެއިން
ރާއްޖެ އެމްވީ
ރޮހިންޖާ މުސްލިމުން
ރޮހިންޖާ ފަންޑުން ދޫކުރި ފައިސާއިން 300،000 ވުރެ ގިނަ ރުފިޔާ މަދު!
ރޮހިންގާ މީހުންނަށް ހަވާލު ކުރީ 17.7 މިލިއަން ރުފިޔާ
ފައިސާ ޖަމާކުރީ ތިން ބުރަކަށް ބަހާލައިގެން: މިނިސްޓްރީ
ބާކީ ފައިސާ މި މަހު ޖަމާކޮށް ނިންމާނަން: މިނިސްޓްރީ

ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ރޮހިންޖާ ފަންޑަށް ޖަމާކުރި 18.1 މިލިއަން ރުފިޔާ ރޮހިންޖާ މުސްލިމްނަށް ހަދިޔާކޮށްފައިވާ ކަމަށް ބުނެފައި ވަނިކޮށް، އެ ފައިސާގެ ތެރެއިން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ މަދުވެފައިވާކަން ހާމަވެއްޖެ އެވެ.

މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވާން އިސްލާމިކް މިނިސްޓްރީން ހަ މަސް ކުރިން ހިންގި ހަރަކާތްތަކުން ލިބުނު 18.1 މިލިއަން ރުފިޔާ އޭގެ ހައްގުވެރިންނަށް ހަވާލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ނަމަވެސް ބަންގުލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރޮހިންޖާ މީހުންނަށް 1,150,000 (އެއް މިލިއަން އެއް ލައްކަ ފަންސާސް ހާސް) ޑޮލަރު ހަވާލުކޮށްފައިވާ ކަމަށެވެ. ބަންގުލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފައިވާ ގޮތުންނަމަ، 1.15 މިލިއަން ޑޮލަރަކީ ދިވެހި ފައިސާއިންނަމަ، 17.7 މިލިއަން ރުފިޔާއެވެ. އެ އަދަދަކީ ފަންޑަށް ޖަމާކުރި ޖުމްލަ އަދަދު ކަމުގައި 18.1 މިލިއަން ރުފިޔާއިން 367،000 ރުފިޔާ މަދު އަދަދެކެވެ.

އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއާ ސުވާލު ކުރުމުން، އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބަންގުލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރި ޓްވީޓުގައި ބުނެފައިވާ 1.15 މިލިއަން ރުފިޔާއަކީ ދެ ބުރަކަށް ބަހާލައިގެން ޖަމާކުރި ފައިސާ ކަަމަށެވެ. ފުރަތަމަ ބުރުގައި 200،000 (ދެ ލައްކަ) ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި ދެ ވަނަ ބުރުގައި 950،000 (ނުވަ ލަައްކަ ފަންސާސް ހާސް) ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

"ޓްރާންސްފާ ފީގެ ގޮތުގައި އެއްޗެއް ނަގާނެކަން ނުވަތަ ނޫންކަން އެހާތަނަށް ޔަގީން ވެފައި ނުވާތީ އާއި ޓްރާންސްފާ ފީގެ ގޮތުގައި އެއްޗެއް ދައްކަން ޖެހިއްޖެ ހާލަތެއްގައި 18.1 މިލިއަން އެއްފަހަރާ ފޮނުވައިފިނަމަ، އެކަމުގެ ސަބަބުން އިތުރު ލަސްކަމެއް އައިސްދާނެތީ،" އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ރޮހިންޖާ ފަންޑުން ނުފޮނުވި ހުރި ބާކީ ފައިސާ މި މަހުގެ ތިން ވަނަ ޓީޓީއެއްގައި ފޯރުކޮށްދެވޭނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރޮހިންޖާ ފަންޑުގެ ފައިސާ ބޭންކަށް ޖަމާކޮށް، މިހާރު އެ ހިނގަނީ ބޭންކު ޕްރޮސެސްއާ ޓެކްނިކަލް ކަންތައްތަކުގެ މަރުހަލާތަކެއް ކަމަށެވެ.

އޮފިޝަލް އެގޮތަށް ވިދާޅުވިއިރު، އިސްލާމިކް މިނިސްޓަރު އެފަދަ ވާހަކަތަކެއް މީޑިއާއަކަށް ތިލަކޮށެއް ނުދެއްވައެވެ. ވިދާޅުވީ ހުރިހާ ފައިސާ އެއްފަހަރާ ރޮހިންޖާ މީހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރޮހިންޖާ ފަންޑަށް ފައިސާ ހޯދުމަށް މީޑިއާތަކާ ގުޅިގެން މިނިސްޓްރީން ހިންގި ހިންގި ޓެލެތޯން ނިންމާލުމަށްފަހު، މިނިސްޓަރު ޒިޔާރު ކުރިން ވިދާޅުވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރޮހިންޖާ މީހުންނަށް އެ ފައިސާ ހަވާލުކޮށްދޭނެ ކަމަށެވެ. ނަމަވެސް އެ ފައިސާ ހަވާލު ކުރުމުގެ މަރުހަލާ ވެސް ފެށިފައި އެ ވަނީ ފަސް މަސް ފަހުންނެވެ. އަދި ހަވާލުކުރި ފައިސާގެ ތެރެއިން، ތިން ލައްކައެއްހާ ރުފިޔާ އެ ވަނީ މަދުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 އޭޕްރިލް 2018 | އަންގާރަ 09:36
ދީނައްޓަކާ
މިއީ މިސަރުކާރައް އާކަމެއްނޫން. ދޮގުހެދުމާޢި މަކަރުހެދުމުގައި ހައްދުފަހަނަޅާގޮސްފައިވާސަރުކާރެއް. އިސްލާމީ މިނިސްޓަރ ރައްޔިތުންނައް ފުރަތަމަ ވިދާޅުވީ ހަފުތާއެއްގެ ތެރޭ ޓްރާންސްފަރ ކުރާވާހަކަ... 5 މަސް ވިއިރުވެސް އެކަމެއް ނުވެސް ފެށިފައޮއްވާ މީޑިއާ ތަކުން އެވާހަކަ ލިޔުނީމަ އަވަސް އަވަހައް ވިދާޅުވީ މުޅިން ޖަމާކުރިވާހަކަ.