ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 12:51
ބާޒާރުމަތީ ސަރަހައްދު
ބާޒާރުމަތީ ސަރަހައްދު
މުހައްމަދު ޝަރުހާން
ފިހާރަތައް 24 ގަޑިއިރަށް
ފިހާރަތައް 24 ގަޑިއިރު ހުޅުވާ ގޮތަށް ބަދަލު ކުރާނީ ރައްޔިތުންނަށް ފަސޭހަވާ ގޮތަށް: އިކޮނިމިކް މިނިސްޓްރީ
24 ގަޑިއިރަށް ފިހާރަތައް ބަދަލު ކުރާނީ ވަކި އުސޫލެއްގެ ތެރެއިން
އެކަން ކުރާނެތޯ ނުވަތަ ނުކުރާނެތޯ ދަނީ ބަލަމުން
މިހާރު ވަނީ ރެސްޓޯރެންޓްތައް ދަންވަރު 01:00 ހުޅުވާފައި ބެހެއްޓޭ ގޮތަށް ބަދަލުކޮށްފައި

މާލެ އާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި 24 ގަޑިއިރު ފިހާރަތައް ހުޅުވާލާނީ އެކަމަކީ މުހިއްމު ކަމެއް ކަމަށް ބެލުމަށް ފަހުގައި ކަމަށާއި މިކަން ކުރާނީ ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބޭނެ ގޮތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީގް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ތައުފީގް ވިދާޅުވީ، މިހާރު ހަމަޖެހިފައިވާ ގޮތުން ރޭގަނޑު 10:00 ގެ ފަހުން ވިޔަފާރި ކުރުމަކީ މަނާ ކަމެއް ކަމަށާއި އެހެން ނަމަވެސް ވިޔަފާރިތަކަށް މުދާ އެތެރެ ކުރުމަށްޓަކައި އެނޫން ވަގުތުތަކުގައި ވެސް ހުޅުވާފައި ބެހެއްޓިދާނެ ކަމަށެވެ. ތައުފީގް ވިދާޅުވީ، ޕެޓްރޯލް ޝެޑްތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައި ހުންނަ ވަގުތުތަކަށް ބަދަލު ގެންނަން ނިންމީ މުދާ އުފުލާ ވަގުތުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ޕެރޯލް ޝެޑްގެ ހިދުމަތްތަކާއި ރެސްޓޯރެންޓްގެ ހިދުމަތް ބޭނުންވާ މީހުން އިތުރުވެދާނެތީ ކަމަށް ބަލާފައި ކަމަށެވެ.

"އަބަދުވެސް ސަރުކާރުން ރައްޔިތުންނަށްޓަކާއި ނުވަތަ ރައްޔިތުންނަށް ބޭނުންވާ ލުއި ފަސޭހަ ގެނައުމަށްޓަކާއި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަން. އިތުރަށް ފިހާރަތައް ހުޅުވުމައި އެނޫން ހިދުމަތްތައް ވެސް ކުރިއަށް ގެންދެވޭތޯ ބަލަން. އަދި ވަކި އުސޫލެއްގެ ތެރެއިން 24 ގަޑި އިރު ފިހާރަތައް ހުޅޫވޭނެތޯ ބެލުމުގެ މަސައްކަތް ދަނީ ކުރަމުން." ތައުފީގް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އޭޕްރީލް އެކަކުން ފެށިގެން ވިޔަފާރިތަކުން މުދާ އުފުލާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތް ކުރުމަށް ބޭނުން ކުރާ ގަލާއި، ބުއިމަށް ބޭނުން ކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫން ވެސް ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލަންވާނީ އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ކައްކާ ގޭސް އުފުލޭނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރެސްޓައުރެންޓްތައް މެންދަމު 01:00 ޖަހަންދެން ހުޅުވާނެ ކަމަށް އަންގާފަ އެވެ. އަދި ޕެޓްރޯލް ޝެޑްތައް މެންދަމު 12:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ކަނޑައަޅާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް