ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 12:14
ބާޒާރުމަތީ ސަރަހައްދުގައި މުދާ އުފުލުމުގައި މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ
ބާޒާރުމަތީ ސަރަހައްދުގައި މުދާ އުފުލުމުގައި މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
އިކޮނޮމިކް މިނިސްޓްރީ ބަޔާން
ތަކެތީގެ އަގު ބޮޑު ކުރާ ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އަޅާނަން: އިކޮނޮމިކް މިނިސްޓްރީ
މުދާ އުފުލުމުގެ ވަގުތަށް ބަދަލު ގެނައީ ޓްރެފިކް މައްސަލަ ހައްލު ކުރަން
މިއީ ތަކެތީގެ އަގުތަކަށް އަސަރު ކުރާނެ ކަމެއް ނޫން
މަޖޫރީން ވަނީ މުދާ އުފުލުގެ އަގު ބޮޑު ކޮށްފައި

ވިޔަފާރި މުދާ އުފުލާ ގަޑިތަކަށް ގެނެވުނު ބަދަލާ ގުޅިގެން މުދާ އަގު ބޮޑުކޮށް ވިއްކާ ކަމުގައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން އިންޒާރު ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަ ކުރުމާއި ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތައް ބޭނުންކުރާ ސްކޫލު ކުދިންނާއި ބެލެނިވެރިންނަށް އަދި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މުދާ އުފުލާ ގަޑިތަކަށް ގެނެވިފައިވާ ބަދަލާ ގުޅިގެން މުދަލުގެ އަގުބޮޑު ކުރާނެ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޚަބަރުފަތުރަމުންދާ ކަމަށެވެ. އަދި މުދާ އުފުލުގެ ގަޑިތަކަށް ގެނެވުނު ބަދަލަކީ އޭގެ ސަބަބުން މުދަލުގެ އަގު ބޮޑުކުރަންޖެހޭ ފަދަ ބަދަލެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މިބަދަލާ ގުޅިގެން މުދާ އަގުބޮޑުކޮށް ވިއްކާ ނަމަ އިކޮނޮމިކް މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އޭޕްރީލް އެކަކުން ފެށިގެން ވިޔަފާރިތަކުން މުދާ އުފުލާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތް ކުރުމަށް ބޭނުން ކުރާ ގަލާއި، ބުއިމަށް ބޭނުން ކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫން ވެސް ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލަންވާނީ އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކައްކާ ގޭސް އުފުލޭނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދުއެވެ.

އެމްޕީއެލް ސަރަހައްދުން މުދާ އުފުލާ މަޖޫރީން ވަނީ މި ބަދަލާ ދެކޮޅަށް ހަޅުތާލުކޮށް އަދި ފަހުން މުދާ އުފުލުގެ އަގުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން 20 ފޫޓް ކޮންޓެއިނަރެއް ދެން ކަނޑައިދޭ އަގު 6000ރ. އަށް ވަނީ ބޮޑުކޮށްފައެވެ. މީގެ ކުރިން އެ ސައިޒުގެ ކޮންޓެއިނަރެއް ކަނޑައިދެމުން އައީ 2500ރ. އަށެވެ. އަދި 40 ފޫޓު ކޮންޓެއިނަރެއް މިހާރު ކަނޑައިދޭނީ 12000ރ. އަށް ކަމަށްވާއިރު މީގެ ކުރިން އެ ސައިޒުގެ ކޮޓައިނަރެއް ކަނޑައިދެމުން އައީ 5000ރ. އަށެވެ.

މިކަންކަމާ ގުޅިގެން ތަކެތީގެ އަގުތައް ބޮޑުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ރާއްޖެއެމްވީއާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިންދަނީ ބުނަމުންނެވެ.

އަގު ބޮޑުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނި ނަމަވެސް ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެތި ފިޔަވައި އެހެން ތަކެތީގެ އަގު ކަނޑައެޅުމުގައި ވިޔަފާރިވެރިންނަށް އެއްވެސް ހުރަހެއް ނޯންނަ އިރު އެކަން ބެލޭނެ ނިޒާމެއް ވެސް ނެތެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 އޭޕްރިލް 2018 | އަންގާރަ 14:47
ހޮހޯ
ތީ ހުސް ވައިއަނގަތެޅުން!!! ކަމެއް ހުއްޓުވޭނެ ނަމަ ފެހި ބޯޑު ދިއްލައިގެން ފުރާމީހުން އަރުވައިގެން ރޯމާ ދުވާލު އެންމެން ކުރިމަތީގައި "ބަސްދަތުރު" ކުރަމުން ރައްޔިތުން ފެލަމުން އެދާ ޓެކްސީ ތައް ހުއްޓުވުނީސް. އެކަން ހުއްޓުވިއްޖިއްޔާ މަބުނާނަން ކަލޭމެނަށް ކަމެއް ކުރެވެޔޭ އެހެން ނޫނީ ހަމަ ތީ ހުސް ހޮޅިވާހަކަ.
3 އޭޕްރިލް 2018 | އަންގާރަ 10:06
ފަސީ
ކަލޭމެން ހިތަށްއެރިއިރަކު ހިތަށްއެރި ޓެކުހަކާއެއްޗިހި ނަގާއިރު އެމީހުނަށް ކަލޭމެނަށް ފިޔަވަޅު ނޭޅޭފަދައިން ކަލޭމެނަށްވެސް އެމީހުން ހަލާލުގޮތުގައި ހޯދާފަހުރި މުދާ އެމީހުން ބޭނުންއަގެއްގައި ވިއްކީމަ ފިޔަވަޅެއް އެޅިގެން ނުވާނެ.