ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 08:27
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފްރެންސް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފްރެންސް
މުރުޝިދް އަބްދުލް ހަކީީމް
ފުލުހަށް ހާޒިރު ކުރުން
މެންބަރު ފައިސަލް ނަސީމް ފުލުހަށް ހާޒިރު ކުރަނީ!
ފުލުސް އޮފީހަށް ހާޒިރު ކުރަނީ 01:15 ގައި
ހާޒިރު ކުރަނީ އާންމުން އެއްވުމަށް ގޮވާލުމާ ގުޅިގެން

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ފައިސަލް ނަސީމް ފުލުސް އޮފީހަށް ޙާޒިރުވުމަށް އަންގާފައި ވަނީ މެންދުރު 01:15 އަށެވެ. އޭނާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނީ  ރާއްޖޭގެ ހުރިހާ ރަށްތަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރުމަށް ހިތްވަރުދިން ކަމަށް ބުނެއެވެ.

ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް އާންމުން މަގުމައްޗަށް ނުކުތުމަށް ގޮވާލި މައްސަލައިގައި މީގެ ކުރިން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ޢަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނަޒީރު ވެސް ވަނީ ފުލުހުސް އޮފީހަށް ހާޒިރުކޮށްފައެވެ. މި ހަތަރު ބޭފުޅުން ވެސް ހާޒިރު ކުރަނީ އެ ބޭފުޅުން ހިމެނޭ ގޮތަށް ބޭއްވި ޕްރެސް ކޮންފްރެންސްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް