ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 08:23
ރ. ދުވާފަރު: އެ މައްސަލާގައި ކުޑަކުއްޖަކު ވެސް ހިމެނޭ
ރ. ދުވާފަރު: އެ މައްސަލާގައި ކުޑަކުއްޖަކު ވެސް ހިމެނޭ
ޓްވިޓަރ
ރޭޕް ކުރުން
ދުވާފަރު ގޭންގް ރޭޕާ ގުޅިގެން ނުވަ މީހަކަށް ކުރާ ޝަރީއަތް މިއަދު!
ރޭޕަށް އެހީތެރިވެދިންކަމުގެ ދައުވާ އަންހެނަކަށް
އެ މައްސަލާގައި ކުޑަކުއްޖަކު ވެސް ހިމެނޭ
ދައުވާ ލިބޭ ފަސް މީހަކު ނިސްބަތްވަނީ އެއް ގެއަކަށް

ރ. ދުވާފަރުގައި ހިންގި ގޭންގް ރޭޕަކާ ގުޅިގެން ކަނދޮޅުދޫ 10 މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް ދައުވާ އުފުލައިފިއެވެ.

އެ މައްސަލާގައި ހިމެނޭ ނުވަ މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު ފަހު ފެށުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ދުވާފަރުގައި ހިންގި ގޭންގް ރޭޕްގެ ޝިކާރައަކަށްވެފައި ވަނީ 25 އަހަރުގެ ޒުވާން އަންހެނެކެވެ. މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުގެ ރޭ ހިންގި އެ ރޭޕާ ގުޅިގެން ކުޑަކުއްޖަކާ އެކު ހަތަރު މީހަކު ހައްޔަރު ކުރިއެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށްގެން ތަހުގީގު ފުރިހަމަ ކުރުމަށް ފަހު، ދައުވާ ކުރަން ފޮނުވިއިރު، އެ މައްސަލާގައި 10 މީހަކު ޝާމިލުވާ ކަން ވަނީ ހާމަވެފައެވެ.

އެ މައްސަލާގައި ހިމެނޭ ނުވަ މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް، މިއަދު މެންދުރު ފަހު 1:00 ގައި ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައެވެ. އެ މައްސަލާގައި ދައުވާ ލިބޭ ކުޑަކުއްޖާގެ ޝަރީއަތް ކުރިއަށް ގެންދަނީ ޖުވެނައިލް ކޯޓުގައެވެ. އެ 10 މީހުންގެ މައްޗަށް ކުރާ ޝަރީއަތް ވެސް ކުރިއަށް ގެންދާނީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައެވެ.

ޒުވާން އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ކުށުގައި ފަސް މީހަކަށް ދައުވާ އުފުލާފައިވާއިރު، އަންހެން ކުއްޖާ ރޭޕްކުރުމަށް އެހީތެރިވެދިންކަމުގެ ތުހުމަތުގައި ކަނދޮޅުދޫ އަންހެނަކަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އަދި އެ ގޭންގް ރޭޕާ ގުޅިގެން، އޮރިޔާން ގާޑު ހެދި ކަމުގެ ދައުވާ ހަތަރު މީހަކަށް އުފުލާފައިވެއެވެ.

ދުވާފަރުގައި ހިންގި ގޭންގް ރޭޕުގައި ހިމެނޭ 10 މީހުންގެ ތެރޭގައި، ކަނދޮޅުދޫ އެއް ގެއަކަށް ނިސްބަތްވާ ފަސް މީހަކު ހިމެނެއެވެ. ސުނާމީއާ ގުޅިގެން ކަނދޮޅުދޫ މީހުން ދިރިއުޅެނީ ދުވާފަރުގައެވެ. ރޭޕްކުރަން އެހީތެރިވެދިން ކަމަށް ބުނާ އަންހެން މީހާއަކީ ވެސް ކަނދޮޅުދޫ އެގެއަށް ނިސްބަތްވާ މީހެކެވެ.

ދެހާސްސާދެވަނަ އަހަރު އަމަލު ކުރަން ފަށާފައިވާ ޖިންސީ ކުށުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ރޭޕްގެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ރޭޕު ކުރަން އެހީތެރިވެއްޖެ ނަމަ ހަތް އަހަރާއީ 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޮރިޔާންކާޑު ހެދި ކަމަށް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 އޭޕްރިލް 2018 | އަންގާރަ 04:12
ކަނދޮޅު
ސުނާމީ ކާރިސާގެ އިބްރަތް ހާސިލުކޮށް އަދިވެސް އިސްލާހު ވާކަށް މި ގުރުޕަކަށް ނޭގުނުދޯ