ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 06:48
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް: އޭނާ ވިދާުޅުވަނީ ކޮރަޕްޝަންގެ އިނގިލި ދިއްނުކުރެވޭ އެންމެ މަޝްރޫއެއް ވެސް ނެތް ކަމަށް
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް: އޭނާ ވިދާުޅުވަނީ ކޮރަޕްޝަންގެ އިނގިލި ދިއްނުކުރެވޭ އެންމެ މަޝްރޫއެއް ވެސް ނެތް ކަމަށް
މުހައްމަދު ޝަރުހާން
މުހައްމަދު ޝިފާޒު
ކޮރަޕްޝަނުގެ އިނގިލި ދިއްނުކުރެވޭ އެންމެ މަޝްރޫއުއެއް ވެސް މި ސަރުކާރުން ނުހިންގާ:ޝިފާޒް
ރައީސް ޔާމިނާއެކު ރައްޔިތުންގެ އުއްމީދުތަކެއް ނުވޭ
ރާއްޖެއިން އެމްޑީޕީގެ ފިކުރެއް ނުފޮހެވޭނެ
ފަސް ވަރަކަށް މީހުންނަށް ގައުމު ދޫކޮށްލައިގެން ނުތިބޭނަން

ކޮރަޕްޝަނުގެ އިނގިލި ދިއްނުކުރެވޭނެ ގޮތަށް ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން އެންމެ މަޝްރޫއެއް ވެސް ހިންގާފައިނުވާ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ސިލްސިލާ ގޮތެއްގައި އެމްޑީޕީ ހަރުގެ ކުރިމަތީ ބާއްވާ މުޒާހަރާގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ މާލޭގައި ހިންގި ކޮންމެ ކަމެއްވެސް އަލުން ކުރަން ނުޖެހޭނެ ގޮތަކަށް ކޮށްފައިނުވާ ކަމަށެވެ.

"މުޅި މާލެ ވަށައިގެން ބަލާއިރު ނެތް ރޫޅައި ނުލައި އެންމެ ތަނެއްވެސް. އެންމެ މަސައްކަތެއްވެސް ނުކުރޭ ފަސް ފަހަރަށް ކުރަން ނުޖެހޭނެ ގޮތަށް. އެމަގުން އެކަން އެ ދަނީ އިންތިހާއަށް ކޮރަޕްޝަނާއި ފަސާދަ އެކުލެވިފައިވާތީ،" ޝިފާޒު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރަށް ކޮރަޕްޝަނުގެ ބޮޑެތި ތުހްމަތުތައް ކުރެވެމުން ދާއިރު އެމަނިކުފާނާއެކު ރައްޔިތުންގެ އުއްމީދުތައް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ފިކުރެއް މި ރާއްޖެއިން ފޮހެވިގެންނުދާނެ ކަމަށް ވިދާޅުވެ ރާއްޖޭގެ ރަށްތަކުގައި ނަގާފައިވާ އެމްޑީޕީގެ ދިދަ ފުލުހުން މެދުވެރިކޮށް ބާލަމުންދާ ދިއުމަކީ ކުރައްވާ މޮޔަ ކަމެއް ކަމަށް ޝިފާޒް ވަނީ ސިފަ ކުރައްވާފަ އެވެ. ރައީސް އަބްދުﷲ ޔާމިން އަރިހުގައި ތިބި ފަސް ވަރަށް މީހުނަށް ގައުމު ދޫކޮށްލައިގެން ނުތިއްބަވާނެ ކަމަށާއި ފުލުހުންނާއި މިނިވަން މުވައްސަސާތައް މިނިވަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އަކަށް މި ރާއްޖެ ދޫކޮށްލާފައި އަޅުގަނޑުމެނެއް ގެއަކު ނުތިބޭނަން. އިރާދަކުރެއްވިއްޔާ މި އަނިޔާވެރި މުޑުދާރު ސަރުކާރު އަޅުގަނޑުމެން ބަދަލު ކުރާނަން. އެ ދުވަސްވެސް އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި ރައްޔިތުންނާ އަރާ ހަމަކުރާނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގެންނެވިއިރު ހުންނެވި އާރާއި ބާރަށް ބަލާއިރު އެމަނިކުފާނު މިހާރު ހުންނެވި ހިސާބަށް ބެލުމުން އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީ އެނގޭނެ ކަމަށްވެސް ޝިފާޒު ވިދާޅުވި އެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ހުއްޓާލެވެން އަދި  ނެތް ކަމަށާއި އެ މަސައްކަތް ހުއްޓާލާނީ މި ސަރުކާރުން ހިންގަމުންދާ "އަނިޔާވެރި ޖަރީމާތަކުން" ރައްޔިތުން ސަލާމަތްކޮށްދީފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ބޭނުން ކުރައްވައިގެން ރައީސް އަބްދުﷲ ޔާމިން ގާނޫނުތަކަށް ގެނައި ބަދަލުތަކާއެކު ރައްޔިތުންގެ ބާރު ކަނޑުވާލަން މަސައްކަތް ކުރެއްވި ނަމަވެސް ރައްޔިތުން ތިބީ ފަހަތަށްޖެހެން ނޫންކަން ފާއިތުވި ދުވަސްތަކުގައި ރައްޔިތުންކުރި މަސައްކަތުން ދައްކާފައިވާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ހިތްޕުޅު ހަމަނުޖެހޭ ހުކުމެއް ސުޕްރީމް ކޯޓުން ނެރުމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އާންމު ރައްޔިތުން ހައްޔަރު ކުރައްވައިގެންވެސް މި ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ނިކުތް ރައްޔިތުން ނުހުއްޓުވުނު ކަމަށްވެސް ޝިފާޒް ފާހަގަ ކުރެއްވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
3 އޭޕްރިލް 2018 | އަންގާރަ 05:58
ރައްޔިތުން
ނަޝީދަކީ ޑިމޮކްރަޓިކް ބޭފުޅެއް ނޫނެވެ. ވެރިކަން ފިޔަވައި އިތުރު އެއްޗެއް ނަޝީދު ބޭނުންފުޅެއް ނުވެއެވެ. ވެރިކަން ލިބުމުން ކަން ކުރެވުނު ގޮތުންނާއި އަދި 2013 ގެ އިންތިޚާބުން ބަލިވުމުން ޑިމޮކްރަޓިކް ބޭފުޅެއް ނަމަ ފަހަތައް ޖެހިވަޑައިގެން އެހެން ބޭފުޅަކަށް ޖާގަ ދެއްވީހެވެ.
3 އޭޕްރިލް 2018 | އަންގާރަ 01:59
ހ މ ޒ
ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި ރާއްޖެ ދެކެ ލޯބިވާކަމަށް ވަކާލާތު ކުރާ ހަތަރު ފަސް މީހަކު ބޭރުގައި ތިއްބަވައިގެން ވަކާލާތު ކުރަމުންދާއިރު، ދުނިޔޭގެ ބޮޑެތި ބްރޭންޑްތައް ރާއްޖެއަށް މި އަންނަނީ. މިއަދަކީ ހަމަގައިމުވެސް ދިވެހި ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާ ފަރާތްތަކަށް އަނެއްކާވެސް މާޔޫސްކަމެއް އަންނާނެ ދުވަހެއް!