ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 22:42
އެސްޓީއޯގެ މައި އޮފީސް - އެ ކުންފުނިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނައުމަށް ވަނީ ނިންމާފަ
އެސްޓީއޯގެ މައި އޮފީސް - އެ ކުންފުނިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނައުމަށް ވަނީ ނިންމާފަ
މުހައްމަދު ޝަރުހާން
ތެލުގެ އަގު
އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމައިފި
ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމީ ދުނިޔޭގެ ބާޖާރުގައި ޑީސަލްގެ އަގު އުފުލެމުންދިޔުމާއި ގުޅިގެން
ބޮޑުކުރުމަށް ނިންމާފައިވަނީ ކޮންމެ ޑީސަލް ލީޓަރަކުން 20 ލާރި
މިހާރު ޑީސަލް ލިޓަރެއް ލިބޭނީ 10:41 ލާރިއަށް

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމައިފި އެވެ. 

އެސްޓީއޯއިން އާންމު ކޮށްފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމީ ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު އުފުލެމުންދިޔުމާއި ގުޅިގެން ކަމަށެވެ. އަދި ބޮޑުކުރުމަށް ނިންމާފައިވަނީ ކޮންމެ ޑީސަލް ލީޓަރަކުން 20 ލާރި ކަމަށް އެ ދެންނެވުމުގައި ބުނެފައިވެއެވެ. 

އެސްޓީއޯއިން ބުނިގޮތުގައި ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމި ނިންމުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ ތިންވަނަ ދުވަސް (މާދަމާ) އިން ފެށިގެން ކަމަށެވެ. އަދި އަގަށް ގެނެވުނު ބަދަލަށް ފަހު ޑީސަލް ލިޓަރެއް ލިބޭނީ 10:41 ލާރިއަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް