ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 15:16
ގދ. ތިނަދޫ، ދެކުނުގޭ، ހަސަން ފާއިޒު: ރޭޕުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނަތާ 23 ދުވަސް
ގދ. ތިނަދޫ، ދެކުނުގޭ، ހަސަން ފާއިޒު: ރޭޕުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނަތާ 23 ދުވަސް
ޙުސައިން ޙަސަން
ރޭޕް ކުރުން
ސުޓޫޑިއޯ ރޭޕާ ގުޅިގެން ހައްޔަރު ކުރި ހަސަނަށް ދައުވާ އުފުލައި، ޝަރީއަތް ފަށައިފި
ސާބިތުވެއްޖެނަމަ 20-15 އަހަރާ މެދުގެ ޖަލު ހުކުމެއް
އޭނާ ހައްޔަރު ކުރީ ޖެނުއަރީ ހައެއްގައި
ދައުވާ ކުރަން ފޮނުވީ ޖެނުއަރީ 30ގައި

މާލޭ ސްޓޫޑިއޯއެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ މައްޗަށް ރޭޕުކުރި ކަމުގެ ދައުވާ އުފުލައި، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ޝަރީއަތް ފަށައިފިއެވެ.

މާލޭ ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ގދ. ތިނަދޫ، ހުޅަނގުގޭ، ހަސަން ފާއިޒެވެ. ރޭޕުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ ދެ ދުވަސްފަހުން ހައްޔަރަށް ގެންދިޔަ ހަސަނަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ކޮއްކޮއެވެ.

ބަންދުގައި ބަހައްޓައިގެން، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފަހު، އޭނާގެ މައްޗަށް ދައުލަތުން މިއަދު އުފުލާފައި ވަނީ ރޭޕުގެ ދައުވާއެވެ. ރޭޕު ކުރުމުގެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ޖިންސީ ކުށުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ރޭޕުގެ އަމަލު ހިންގީ ނުރައްކާތެރި ހަތިޔާތެއް ބޭނުންކޮށްގެންމަ އެންމެ ދިގު މުއްދަތަކަށް ޖަލަށް ލެވޭނީ 25 އަހަރަށެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ. ޖިންސީ މައްސަލަތަކާ ގުޅިގެން ބާއްވާ އަޑުއެހުންތަކަކީ އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދާ ޝަރީއަތްތަކެއް ނޫނެވެ.

ހަސަންގެ މައްޗަށް ތުހުމަތު ކުރަނީ ޒުވާން އަންހެން ކުއްޖަކު އޭނާ މަސައްކަތް ކުރާ ސުޓޫޑިއޯއަށް ގެންގޮސް ރޭޕް ކުރި ކަމުގެ ތުހުމަތެވެ. އެ މައްސަލަ ފެންމަތިވީ ހަސަންގެ ރޭޕްގެ ޝިކާރައަކަށްވީ ކަމަށް ބުނާ އަންހެން ކުއްޖާ އައިޖީއެމްއެޗަށް ގޮސް، ފަރުވާ ހޯދުމަށް ފަހު، ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުންނެވެ. ރޭޕްގެ ޝިކާރައަކަށްވީ ކަމަށް ބުނާ އަންހެން ކުއްޖާގެ މެޑިކަލް ރިޕޯޓްތައް އައިޖީއެމްއެޗުން ވަނީ ފުލުހުންނާ ހަވާލު ކޮށްފައެވެ.

ހަސަންގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އޭނާ ހައްޔަރު ކުރުމުގެ ކުރިން ރާއްޖެއެމްވީއާ އޭނާ ވަނީ ވާހަކަ ދައްކާފައެވެ. އޭނާގެ ޖިންސީ ޝިކާރައަކަށްވީ އަންހެން ކުއްޖާ ވެސް ރާއްޖެއެމްވީއާ ވަނީ ވާހަކަ ދައްކާފައެވެ. އެ ކުއްޖާ ބުނި ގޮތުގައި އޭނާ ރޭޕު ކުރުމަށް ފަހު، އެކަން ސިއްރު ކުރުމަށް ހަސަން ފައިސާ ވެސް ހުށަހެޅި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 އޭޕްރިލް 2018 | ހޯމަ 11:29
ޝާން
ތިޔަ މައްސަލަ ސާބިތުނުވާކަމަށް ހުކުމްކޮށް މީނާ ދޫކޮށްލާނެ. މީނަގެ މައްޗަށް ހުކުމް ކޮށް މީނަ ޖަލަށް ލައިފިނަމަ އަހަރެން ހަފުތާއެއް ވަންދެން ރޯދައަށް ހުންނާނަން