ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 14:59
ދިރާގުން އޯޓިޒަމް އެސޯސިއޭޝަން ކުދިންނަށް ޕްލޭ ގްރައުންޑެއް ގާއިމުކޮށްދިމުގެ އެއްބަސްވުމުގެ ތެރެއިން
ދިރާގުން އޯޓިޒަމް އެސޯސިއޭޝަން ކުދިންނަށް ޕްލޭ ގްރައުންޑެއް ގާއިމުކޮށްދިމުގެ އެއްބަސްވުމުގެ ތެރެއިން
ދިރާގު
ދިރާގު
ދިރާގުން އޯޓިޒަމް އެސޯސިއޭޝަން ކުދިންނަށް ޕްލޭ ގްރައުންޑެއް ގާއިމުކޮށްދެނީ
ޕްލޭގްރައުންޑް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަރުކަޒުގައި

ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަހާއި ގުޅިގެން ދިރާގުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް އައުޓްޑޯ ޕްލޭގްރައުންޑެއް ގާއިމު ކޮށްދިނުމަށް ނިންމައިފިއެވެ.

ހޯމަ ދުވަހު ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ޕްލޭގްރައުންޑް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަރުކަޒުގައި ކަމަށެވެ. އަދި ޕްލޭގްރައުންޑް ގާއިމު ކޮށްދިނުމުގެ ގޮތުން ދިރާގގެ ފަރާތުން ޕްލޭގްރައުންޑް އިކުއިޕްމަންޓްގެ ފުލް ސެޓްއަޕް ހަދިޔާ ކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ޕްލޭގްރައުންޑްގައި ކުދިންގެ މޯޓަރ ސްކިލްސް ތަރައްގީވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ކުދިން އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމުގެ މަގުފަހިވެގެންދާނެއެވެ.

މޯލްޑިވެސް އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމްއާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ އިތުރުން އާރލީ އިންޓަވެންޝަން ހެދުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. ހަމަ އެހެންމެ، ކުދިންނަށް ކުލާހުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ، ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަނުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެއެވެ.

ކުޑަކުދިންނަށް އެހީތެރިވުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާއެއް ކަމަށާއި ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ކެއަރ ސޮސައިޓީ، އާކް، އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ސެންޓަރތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްއަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރު ހަރަކާތެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް