ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 14:38
ހުޅުމާލެއަށް ދަތުރުކުރާ ފެރީއެއް
ހުޅުމާލެއަށް ދަތުރުކުރާ ފެރީއެއް
އެމްޓީސީސީ
މުދާ ފެރީތައް
ހުޅުމާލޭ މުދާ ފެރީތައް ރޭގަނޑު އެކަނި ދަތުރުކުރާ ގޮތަށް ބަދަލުކޮށްފި
މާލެއިން މުދާ ފެރީ ފުރާނީ ރޭގަނޑު 7:00 އާއި ރޭގަނޑު 10:00
ހުޅުމާލެއިން ފެރީ ފުރާނީ ހަވީރު 5:30 ގައްޔާއި ރޭގަނޑު 7:00 ޖަހާއިރު

މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާ އެކު މާލެ އާއި ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ މުދާ އުފުލާ ފެރީތައް ހަމައެކަނި ރޭގަނޑު ދަތުރުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްޓީސީސީ އިން މުދާ އުފުލާ ގަޑިތައް ބަދަލުކޮށްފައި މި ވަނީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް މުދާ އުފުލާ އެއްގަމު އުޅަނދުފަހރު ދަތުރުކުރާ ވަގުތުތަކަށް ބަދަލު ގެނައުމާ ގުޅިގެންނެވެ. ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފައި ވަނީ މާލޭގައި މުދާ އުފުލުމަށް ވަކި ހާއްސަ ގަޑިތަކެއް ކަނޑައަޅަންޖެހުނީ މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ އާއި، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، އާއްމު ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި ދަތިވަމުންދާތީ ކަމަށެވެ. އަދި ކުރިން ކަނޑައެޅި ގަޑިތަކަށް ފަހުން ގެނެސްފައި މިވާ ބަދަލު ގެނެސްފައި ވަނީ ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

ފެރީގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް މާލެއިން މުދާ ފެރީ ފުރާނީ ރޭގަނޑު 7:00 އާއި ރޭގަނޑު 10:00 އާއި އަދި ދަންވަރު 1:00 ގައި ކަމަށެވެ. އަދި ހުޅުމާލެ އިން ފެރީ ފުރާނީ ހަވީރު 5:30 އާއި ރޭގަނޑު 8:30 ގެ އިތުރުން ރޭގަނޑު 11:30 ގައި ކަމަށް ވެސް އެ އިއުލާންގައިވެއެވެ.

މީގެ އިތުރުން ހުކުރު ދުވަހު މާލެއިން މުދާ ފެރީ ފުރާނީ ހަވީރު 5:30 ގައްޔާއި ރޭގަނޑު 7:00 ޖަހާއިރު ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފައި ވަނީ މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫން ވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ކަމަށެވެ. ނަމަވެސް ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހެނދުނު 08:30 އިން ފެށިގެން 11:00 އަށް އަދި އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އުފުލޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް