ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 14:51
މާލޭގެ މަގެއް މަތީގައި ބަހައްޓާފައި ހުރި ކުނި ކޮތަޅުތަކެއް: މާލޭގެ މަގުތަކަށް ކުނި އެޅުން ވަނީ އާއްމު ކަމަކަށް ވެފައި
މާލޭގެ މަގެއް މަތީގައި ބަހައްޓާފައި ހުރި ކުނި ކޮތަޅުތަކެއް: މާލޭގެ މަގުތަކަށް ކުނި އެޅުން ވަނީ އާއްމު ކަމަކަށް ވެފައި
މުހައްމަދު ޝަރުހާން
ކުނި އުފުލުން
މިންގަނޑާ ހިލާފަށް ކުނި އުފުލާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަނީ!
ފިޔަވަޅު އަޅަނީ މެއި 1 ވަނަ ދުވަހުން ފެށިގެން
ކުނި މެނޭޖް ކުރުމުގެ ގަވައިދެއް 2013 ވަނަ އަހަރު ވަނީ އެކުލަވާލާފައި

މިންގަނޑާ ހިލާފަށް ކުނި އުފުލާ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް އެންވަޔަރމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އީޕީއޭ އިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދާ ހިލާފަށް ކުނި އުފުލާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދުގެ ދަށުން އުޅަނދުފަހަރުގައި އެއްތަނުން އަނެއްތަނަށް ކުނި ގެންދަންވާނީ ކުންޏާއި އޭގެ ވަސް މާހައުލަށް ނުފެތުރޭ ގޮތަށް ރަނގަޅަށް ނިވާކޮށްގެން ކަމަށް އީޕީއޭއިން ބުނެއެވެ. ހަމަމިއާ އެކު ކުނި ގެންދިއުމުގައި ވެސް އަމަލުކުރަންވާނީ ކުންޏާއި އޭގައި އެކުލެވޭ ދިޔަ މަގުމައްޗަށް ނޭޅޭ ގޮތަށް ކަމަށް އެ އޭޖެންސީ އިން ބުނެއެވެ. ކުނި އުފުލާ އުޅަނދުފަހަރު ހުންނަޖެހޭނެ ގޮތުގެ ކުރެހުމެއް ތައްޔާރުކޮށް އިއުލާން ކުރެވިފައިވާ ކަމަށާއި އަންނަ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިންގަނޑާ ހިލާފަށް ކުނި އުފުލާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ބުނެއެވެ.

މި މުއްދަތުގެ ފަހުން މި މިންގަނޑަށް ހިލާފަށް ކުނި ބަރުކޮށްގެންދާ އުޅަނދުފަހަރުގެ ކުނި މާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ބަލައި ނުގަންނާނެ ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް