ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 14:09
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް
ރާއްޖެއެމްވީ
މިނިސްޓަރު ނާޒިމް
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފި
ނާޒިމް ޑޮކްޓަރަށް ދެއްކީ ކޮންކަހަލަ ފަރުވާއަކަށް ކަމެއް ހާމައެއް ނުކުރި
ނާޒިމްގެ އާއިލާއަށް އަނގާފަ އެއް ނެތް
ނާޒިމްގެ ސިއްހީ މައުލޫމާތު އާއިލާއަށް ހިއްސާ ނުކުރާތީ އާއިލާއިން ކަންބޮޑުވޭ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޑޮކްޓަރަށް ދެއްކުމަށް އާދިއްތަ ދުވަހުގެ ހެނދުނު މާލެ ނެގެސްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އާދިއްތަ ދުވަހުގެ ހެނދުނު ނާޒިމް ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސް، ޑޮކްޓަރަށް ދެއްކުމަށް ފަހު މިހާރު މާފުށި ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. ނާޒިމް ޑޮކްޓަރަށް ދެއްކީ ކޮންކަހަލަ ފަރުވާއަކަށް ކަމެއް އޮފިޝަލް ހާމައެއް ނުކުރެއްވިއެވެ.

ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ނާޒިމް ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފައިވާކަން އެނގުނީ ރައްޓެއްސެއްގެ ފަރާތުން ކަމަށެވެ. ކަރެކްޝަންސް އިން އާއިލާއަށް އަންގާފައި ނުވާ ކަމަށާއި ނާޒިމްގެ ސިއްހަތަ ގުޅޭ މައުލޫމާތު އަދި ނާޒިމް ޑޮކްޓަރަށް ދައްކަން މާލެ ގެންނައިރު އައިލާއަށް ނާންގާ ކަމަށް ވެސް އަފާފް ވިދާޅުވިއެވެ. އަފާފް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރާތަން ނުފެންނާތީ ހިތާމަ ކުރައްވާ ކަމަށެވެ. 

ރާއްޖޭގެ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ނާޒިމްގެ މައްޗަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ނާޒިމް "ފްރޭމް" ކޮށްގެންނެވެ. އަދި އދ. ގެ ވޯކިންގް ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަނުން ނާޒިމްގެ މައްސަލަ ބެލުމަށް ފަހު، ނާޒިމް މިނިވަން ކުރުމަށް ގޮވާލާފައިވާއިރު، 1 ފެބްރިއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ދޫކޮށްލަން އެންގި ނުވަ މީހުންގެ ތެރޭގައި ނާޒިމް ހިމެނެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ އެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅުހަދައި، އޭރު ގޭބަންދުގައި ހުރި ނާޒިމް ވެސް ފަހުން ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. 

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާކޮށް 11 އަހަރަށް ޖަލަށްލާފައި ހުންނެވި ނާޒިމް އެންމެ ފަހުން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. 

ނާޒިމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް