ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 07:48
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒް، ފުލުހުންގެ ލޯންޗަށް އަރުވަނީ
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒް، ފުލުހުންގެ ލޯންޗަށް އަރުވަނީ
މުހައްމަދު ޝަރުހާން
އަބްދުﷲ ރިޔާޒް
ރިޔާޒްގެ ފޯނު ހުޅުވައިނުދިން މައްސަލަ: އިސްތިއުނާފު އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފި
އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު ހެނދުނު 9:15 އަށް
މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އޮންނާނީ ރިޔާޒްގެ ފަރާތުން މައްސަލައިގައި ޖަވާބުދާރީވުން
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާގެ އިސްތިއުނާފް އަޑުއެހުމެއް މިއަދު ހައިކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފި އެވެ.

އަބްދުﷲ ރިޔާޒުގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފުލުހުން އޭނާ ހިފަހެއްޓުމަށް ފަހު އޭނާގެ ތަހުގީގުގައި ކޯޓު އަމުރެއްގެ ދަށުން ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެއެވެ. 

ހައިކޯޓުގައި މި މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މިއަދު ހެނދުނު 9:15 ގައެވެ. މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިދިޔަ އަހަރު ފަށާފައިވާއިރު، މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އޮންނާނީ ރިޔާޒްގެ ފަރާތުން މައްސަލައިގައި ޖަވާބުދާރީވުމެވެ. 

ކްރިމިނަލް ކޯޓުން މިމައްސަލާގައި ހުކުމްކޮށްފައި ވަނީ ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ނުވާ ކަމަށެވެ. ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެއެވެ. 
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާގެ އިސްތިއުނާފް އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފައިވާއިރު، އޭނާ ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ހައްޔަރުކޮށްފައެވެ. އަދި ރިޔާޒުގެ މައްޗަށް ޓެރަރިޒަމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް