ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 07:43
އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓް
އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓް
ޓްވިޓަރ
ނުރައްކާތެރި އެކްސިޑެންޓް
އައްޑޫ ލިންކްރޯޑް އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީމީހާ މަރުވެއްޖެ
ނިޔާވެފައި ވަނީ ސ. ފޭދޫ ދުންބުރުވާގޭ އަބްދުﷲ މަނިކުފާން

އައްޑޫ ސިޓީ، ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރަކާއި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ. 

އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައި ވަނީ ސ. ފޭދޫ ދުންބުރުވާގޭ އަބްދުﷲ މަނިކުފާނެވެ. އަބްދުﷲ މަނިކުފާނު ނިޔާވީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

މި އެކްސިޑެންޓް ހިނގީ އަބްދުﷲ މަނިކުފާނު ބައިސްކަލްގައި ދުއްވާފައި ދަނިކޮށް ލިންކް ރޯޑުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރަކުން ޖެހިގެންނެވެ. ކާރުން ބައިސްކަލުގައި ޖެހުމާ އެކު އަބްދުﷲ މަނިކުފާނު ވިއްސައިގެން ދިޔައިރު، އޭނާ ދުއްވި ބައިސްކަލް އޮތީ ކާރުގެ ދަށުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް