ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 07:49
ކަތިވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ ޒުވާނާގެ ފައި
ކަތިވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ ޒުވާނާގެ ފައި
ޓްވިޓަރ
މާރާމާރި ހިންގުން
ލ. ފޮނަދޫގައި ޒުވާނަކަށް ކަތިވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ކަތިވަޅިއަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އާދީއްތަ ދުވަހުގެ ރޭ 7:30 ހާއިރު
އެނގިފައިވާ ގޮތުގައި ކަތިވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި މީހާގެ ފައިގެ ދެ ތަނަކަށް ހަމަލާދީފައިވޭ
އޭނާއަށް ހަމަލާދިނީ ގުރޫޕަކުންކަމަށް މައުލޫމަތު ލިބިފައިވޭ

ލ. ފޮނަދޫގައި ކަތިވަޅިއަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ. 

ފޮނަދޫގައި، ކަތިވަޅިއަކުން މީހަކަށް ހަމަލީދީ ޒަހަމްކޮށްލާފައިވަނީ އާދީއްތަ ދުވަހުގެ ރޭ 7:30 ހާއިރުއެވެ. އަދި ފުލުހުންވެސް ވަނީ އެކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. 

ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ކަތިވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި މީހާގެ ފައިގެ ދެ ތަނަކަށް ހަމަލާދީފައިވެއެވެ. އަދި އޭނާއަށް ހަމަލާދިނީ ގުރޫޕަކުންކަމަށް މައުލޫމަތު ލިބިފައިވެއެވެ. 

ޒަހަމްވި ޒުވާނާއަށް ފުރަތަމަ ފަރުވާދީފައިވަނީ ފޮނަދޫ ސިއްހީ މަރުކަޒުގައެވެ. އަދި އެއަށްފަހު އިތުރު ފަރުވާއަށް ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންގޮސްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް