ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 00:37
ފާތިމަތު ދިޔާނާ ސައީދު
ފާތިމަތު ދިޔާނާ ސައީދު
އަހްމަދު ސާއިފް ޝިޔާދް
ފަލަ ސުރުޚީ
ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީންސުރެ ވަކިބަޔަކާމެދު ގެންދަވަނީ ތަފާތު ކުރައްވަމުން
ކޮންމެ ފަނޑިޔާރަކަށްވެސް އެފަނޑިޔާރަކު ދެކޭގޮތް ނުވަތަ ތަފާތު ރައުޔު ވަކިން ލިޔެ ނެރުމުގެ ބާރު އޮންނާނެ
ދައުލަތަށް އެބުނެވެނީ ތިން ފަނޑިޔާރުން ފަނޑިޔާރު ކަމަށް ތަސައްރަފް ނުފުދެނީ ކަމަށް

ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓަށް ރައީސް ޢަބްދުﷲ ޔާމީނާއި މިސަރުކާރުގެ ވެރިން ގެނދެވިދާނެ ފަދަ ކަންކަން ކޮށްފައިވާކަމަށް ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ޤާނޫނީ ވަކީލް ދިޔާނާ ސައީދު ، ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި އާދީއްތަ ދުވަހުގެ ރޭ ވިދާޅުވީ ދުނިޔޭގެ ކްރިމިނަލް ކޯޓަށް ގެންދެނީ ބޮޑެތި ޤަތްލު ޢާއްމު ތަކާއި އިންސާނިއްޔަތާ ޚިލާފް ވަރަށް ބޮޑެތި ޖަރީމާތައް ހިންގުމުން ކަމަށެވެ. ނަމަވެސް ރައްޔިތުންނާމެދު ބޮޑެތި ތަފާތު ކުރުންތައް ގެންގުޅެ ބަޔަކާމެދު ނާއިންސާފުން ކަންކުރާނަމަވެސް އެކޯޓަށް ހާޒިރު ކުރެވޭނެ ކަމަށް ދިޔާނާ ވިދާޅުވި އެވެ. 

ދިޔާނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީންސުރެ ވަކިބަޔަކާމެދު ގެންދަވަނީ ތަފާތު ކުރައްވަމުން ކަމަށާއި ވަކިބަޔަކަށް ކަނޑައެޅިގެން ފުރައްސާރަކުރުން ތަކުރާރު ކުރަމުން ކަމަށެވެ. އެއީ ރައީސް ޔާމީނާއި މިސަރުކާރު ދުނިޔޭގެ ކްރިމިނަލް ކޯޓަށް ގެންދެވިދާނެ ކަމެއް ކަމުގައި ދިޔާނާ ވިދާޅުވިއެވެ.

"އައިސީސީއަށް މިހާރު މިސަރުކާރު ގެންދެވިދާނެ. އެއީ ބަޔަކާމެދު ތަފާތުކުރުންތައް ބާއްވައިގެން ވަކިބަޔަކު ހެރެސް ކުރަމުންދާތާ މިހާރު ކިތައްމެ ދުވަހެއް. އެކަމަށް ބަލާއިރު ދުނިޔޭގެ ކޯޓަށް މިސަރުކާރު ގެންދެވޭނެ" ދިޔާނާ ވިދާޅުވިއެވެ.

ޤާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް އުޅުއްވި ދިޔާނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ނެރުނީ އޮޅުވާލައިގެންނޭ ބުނެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި  އެކަން އެހެން ނުކުރެވޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށްވެސް އެފަނޑިޔާރަކު ދެކޭ ގޮތް ނުވަތަ ތަފާތު ރައުޔު ވަކިން ލިޔެ ނެރުމުގެ ބާރު އޮންނާނެ ކަމަށާއި  އަމުރު ނެރުނީ ތިންފަނޑިޔާރުންނަށް އޮޅުވާލައިގެންނޭ ބުނާނަމަ ދައުލަތަށް އެބުނެވެނީ ތިން ފަނޑިޔާރުން ފަނޑިޔާރު ކަމަށް ތަސައްރަފް ނުފުދެނީ ކަމަށް ކަމަށެވެ. އެއީ ދެއްކޭނެ ވާހަކައެއް ނޫން ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ އަމުރު ނެރުއްވި ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ތުހުމަތެއް ކުރެވުނަސް ފެބްރުއަރީ 1 ގެ އަމުރު ސައްޙަ ވާނެ ކަމަށާއި އެތުހުމަތު ސާބިތުވިއަސް އެހުކުމްގެ ސައްޙަ ކަމެއް ނުގެއްލޭނެ ކަމަށެވެ.

ދިޔާނާ ވިދާޅުވީ ފުރާޅު ނަގައިގެން ދަމާ ކޫއްތާފައި ގެންގޮސް އެފަނޑިޔާރުން މިހާރު ބައިތިއްބާފައި ތިބި ގޮތުން ސުޕްރީމް ކޯޓު އެއޮތީ ވަރަށް ބިރުވެރިކަމެއްގައި ކަމަށާއި މިހާރު އެކޯޓު އެއޮތީ މަޖްބޫރީ ހާލަތެއްގައި ކަމަށެވެ. މިނިވަންކަމާއެކު ކަމެއް ކުރުމަށް އެކޯޓަށް ބޭނުންވާ އުންސުރުތަކެއް މިހާރަކު ނެތް.ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ހުކުމަށްފަހު ދެފަނޑިޔާރުން ހައްޔަރުކޮށް އަނެއް ތިންފަނޑިޔާރުން ލައްވާ އެހުކުމުގެ ބައިތަކެއް ނުހިފެހެއްޓޭނެ ކަމަށާއި އެއަމުރު ނެރުމާއި އެއަމުރު ނެރުނު ފަނޑިޔާރުން ހައްޔަރު ކުރުމާ ދެމެދު އެހެން ކަމެއް ހިނގާފައެއް ނުވުމަކީ އެފަދަ ހާލަތެއް ނައުން ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގެއްގެ ސަބަބުން ޤައުމީ ސަލާމަތައް ނުރައްކަލެއް ނުވާނެ ކަމަށާއި ސަރުކާރަށް ބަލައިގަނެވޭ އަމުރަކަށް އެ އަމުރު ނުވުމުމަކީ، ގާނޫނު އަސާސީއާ ހިލާފު ކަންތައްތަކެއް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.  ރައީސުލް ޖުމްހޫރިއްޔާއަށް ކަންބޮޑުވާވަރުގެ ކަމެއް ދިމާވުމަކީ ސުޕްރީމް ކޯޓުގެ ހުކުމެއް ގޯސްވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެޤައުމުގެ ރައީސުލް =ޖުމްހޫރިއްޔާ ހިތްހަމަ ނުޖެހޭވަރުގެ ހުކުމްތައް ނެރޭ ކަމަށެވެ. އެޤައުމުތަކުން މިގޮތަށް ޤާނޫން އަސާސީއާ ޚިލާފަށް އެސްއޯއީ އިއުލާންކޮށް ފަނޑިޔާރުން ހައްޔަރު ނުކުރާކަމަށް ދިޔާނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
2 އޭޕްރިލް 2018 | ހޯމަ 09:37
އަލީ
ރައީސް ޔާމީން އަކީ ވަރަށް އިހުލާސްތެރި ބޭފުޅެއް, ރައީސް ޔާމީން އެ ކޯޓަށް ގެންދަންޖެހޭ އެއްވެސް ސަބަބެއް ނެތް, ރައީސް ޔާމީން އަކީ އެއްވެސް ހާލެއްގައި ގައުމަށް ހިޔާނާތް ވި ބޭފުޅެއް ނޫން" އަދުރޭ ވިދާޅުވިއެވެ.
2 އޭޕްރިލް 2018 | ހޯމަ 09:35
ހ މ ޒ
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ގެންދިޔުން އެންމެ ލާޒިމީ ނަޝީދު !؟
2 އޭޕްރިލް 2018 | ހޯމަ 09:29
ހ މ ޒ
ހުކުމެއްގައި ތިބި އެއްވެސް ލީޑަރެއްގެ ނަމެއް ވޯޓް ކަރުދާހުގައި ނޯންނާނެ !