ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 23:49
ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވަނީ
ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވަނީ
މިނިސްޓްރީ އޮފް ޑިފެންސް
ރާއްޖެ - ޕާކިސްތާން
ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި
ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވާފައި

ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އާދިއްތަ ދުވަހު (މިއަދު) ހަވީރު އެނބުރި ޕާކިސްތާނަށް ފުރާ ވަޑައިގަންނަވައިފިއެވެ.

ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ދެކަނބަލުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ ދެކަނބަލުންނާއި، އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް އާއި ޕާކިސްތާނުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑިފެންސް އެޓާޗޭ ކާނަލް ސައްޖާދު ޢަލީގެ އިތުރުން ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ޑިފެންސް އެޓާޗޭ ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ.

ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ވަނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އޭގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާދަމް ޝަރީފް ޢުމަރާއި ދައުލަތުގެ ބައެއް ވަޒީރުންނާ ބައްދަލުކުރައްވާފައިވެއެވެ.

މާޗު މަހުގެ 30 ން މިމަހުގެ 1 ގެ ނިޔަލަށް ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖެއަށް މި ކުރެއްވި ދަތުރުފުޅަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ޚާއްޞަ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް