ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 22:46
ކުރީގެ ސްވޮޓް ހެޑް ސައިފް ހައްޔަރު ކޮށްގެން ގެންދަނީ
ކުރީގެ ސްވޮޓް ހެޑް ސައިފް ހައްޔަރު ކޮށްގެން ގެންދަނީ
ރާއްޖެ އެމްވީ
ދިވެހި ފުލުހުން
ބަންދުކޮށްފައި ތިބި 7 ފުލުހުންގެ ބަންދަށް އިތުރު 5 ދުވަސް
ޖުމްލަ ހައްޔަރު ކުރީ 8 ފުލުހުން
އޭގެތެރެއިން އެއް ފުލުހެއްގެ މުއްދަތު އިތުރުކުރީ ހޮނިހިރު ދުވަހު
ހުރިހާ ފުލުހުންވެސް ހައްޔަރު ކުރީ ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން(އެސްއޯ)ގައި ކުރިން މަސައްކަތް ކުރި ހަތް ފުލުހުންގެ ބަންދަށް ފަސް ދުވަސް އިތުރު ކޮށްފިއެވެ

ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ހައްޔަރު ކޮށްފައިވާ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓަރ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމްއަށެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޖުމްލަ އަށް ފުލުހަކު ހައްޔަރު ކުރިއެވެ. ބާކީ ހުރި ސާޖަންޓު އަލީ ރިޝްވާންގެ ބަންދަށް ހޮނިހިރު ދުވަހު ވަނީ 10 ދުވަސް އިތުރު ކޮށްފައެވެ.

އެސްއޯއީ އިއުލާން ކޮށްފައި ވަނިކޮށް ހައްޔަރު ކުރި މިފުލުހުންގެ މައްޗަށް ކުރަނީ ގާނޫނީ ސަރުކާރު ވައްޓާލުމަށް އިތުރު ބަޔަކާއި ގުޅިގެން މަސައްކަތް ކުރުމާއި، ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެ ފުލުހުންނާ މާރާމާރީ ހިންގައި ސަލާމަތީ ބާރުތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެންމެން ވެސް ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް