ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 17:28
މެމްބަރު ސިނާން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫއަށް ގެންދަނީ: އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފައި
މެމްބަރު ސިނާން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫއަށް ގެންދަނީ: އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފައި
މުހައްމަދު ޝަރުހާން
މެންބަރު އަބްދުﷲ ސިނާން
ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، މައްސަލަ ނިމެންދެން ބަންދު!
ސިނާން އާ ދެކޮޅަށް ހުށަހެޅީ އިންޓެލިޖެންސް ރިޕޯޓެއް
ފުލުހުންގެ ޑިއުޓީތަކަށް ބަދަލުގެންނަން އުޅުނު ކަމަށް ތުހުމަތު ކުރޭ
ދައުވާގައި ބުނާ ބައެއް ތުހުމަތާ ގުޅޭ ގޮތުން ތަހުގީގުގައި ސުވާލު ނުކުރޭ

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ. ދޫނިދޫގައި މިހާރު ވެސް ހައްޔަރު ކޮށްފައި ހުރި ސިނާން މައްޗަށް އުފުލާފައިވާ ދައުވާއާ އެކު އޭނާގެ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ވަނީ އަމުރުކޮށްފަ އެވެ.

ސިނާންގެ ބަންދުގެ މަޖިލީހަށް ފަހު އޭނާގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް ވިދާޅުވީ ސިނާންގެ މައްޗަށް ފުލުހުން ކުރަމުން އައި ތުހުމަތަކީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ދިން ރިޝްވަތު ހިފައި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހްމަތުގަ އެވެ. ނަމަވެސް ނޫރުއް ސަލާމް ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު ދައުވާގެ ސިނާން ކުރި ކަންތައް ކަމަށް ތުހްމަތުކޮށްފައިވާ ބައެއް ކަން ކަމަކީ ތަހްގީގު މަރުހަލާގައި ވެސް ސުވާލުކޮށްފައިނުވާ ކަންކަމެވެ.

ސިނާންގެ މައްޗަށް ކޮށްފައިވާ ދައުވާގައި އެއްކަމެއްގެ ގޮތުގައި ކޮށްފައި އޮތީ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފުއާ ގުޅިގެން ބައެއް ފުލުހުންގެ ޑިއުޓީތަކަށް ބަދަލުގެންނަން އުޅުއްވި ކަމަށާއި އަދި އޭގެ ތެރެއިން ސަރުކާރު ބަދަލުކުރަން އުޅުއްވުމެވެ. އަދި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ސިނާން ނެރުއްވި އަމުރެއް ކަމަށް ދޭހަވާ އިބާރާތަކުން ވެސް ތުހްމަތެއް ސީޢާގައި ވާ ކަމަށް ބުނެފައިވެ އެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ ފުލުހުން ހުށަހެޅި ހަމަ އެކަނި އިންޓެލިޖެންސް ރިޕޯޓަކަށް ބަލައިގެން ކަމަށް ވެސް ނޫރުއް ސަލާމް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް