ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 14:49
ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ އަލީ ނަސީރު(ކ)އަދި ޒެމްބިއާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ  ދާއިމީ މަންދޫބު ލަޒަރަސް ކަޕާމްބްވީ
ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ އަލީ ނަސީރު(ކ)އަދި ޒެމްބިއާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ  ދާއިމީ މަންދޫބު ލަޒަރަސް ކަޕާމްބްވީ
ފޮރިން މިނިސްޓްރީ
ދިވެހިރާއްޖެ-ޒެމްބިއާ
ރާއްޖެއިން ޒެމްބިއާއާއެކު ރަސްމީކޮށް ގުޅުން ގާއިމްކޮށްފި
އިނގިރޭސިންގެ އަތުން ޒެމްބިއާ މިނިވަންވީ 1964 ގައި
ޒެމްބިއާއަކީ 11.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެއް

ދިވެހިރާއްޖެއާއި ޒެމްބިއާއާއި ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފިއެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ އަލީ ނަސީރެވެ. ޒެމްބިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެގައުމުން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ލަޒަރަސް ކަޕާމްބްވީ އެވެ.

ދެކުނު އެފްރިކާގެ ގައުމެއްކަމަށްވާ ޒެމްބިއާއަކީ 11.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.

ދިވެހި ރާއްޖެއަށް ވުރެ އަހަރެއްހާ ދުވަސްކުރިން 1964 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މިނިވަންކަން ލިބުނު ޒެމްބިއާއަކީ އިނގިރޭސިންގެ އިސްތިއުމާރުގައި އޮތް ގައުމެކެވެ.

އިގްތިސާދީ ކުރިއެރުންތަކަށް ބަލައި ވަރލްޑް ބޭންކުންވަނީ އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރޭގައި ޒެމްބިއާ ހިމަނާފައެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވަނީ އީރާނާއި އަދި ގަތަރާއި އެކުއޮތް ޚާރިޖީ ގުޅުންތައް ކަނޑާލާފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރު މިޔަންމާގެ ރަޚައިން ސްޓޭޓްގައި މުސްލިމުންނާއި ދެކޮޅަށް ހިންގި ނަސްލު ނެތިކޮށްލުމުގެ އުދުވާނާއި ގުޅިގެން އެ ގައުމާއިއެކު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލާފައެވެ. ލާހޫރޭ ޚާރިޖީ ސިޔާސަތެއްކަމަށް އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ޚާރިޖީ ސިޔާސަތުގެ ދަށުން ސަރުކާރުންވަނީ ރާއްޖެއަށް ތައުލީމީ ރޮނގުން އެންމެ ބޮޑު އެހީތެރިކަމެއްދިން އެއް ޖަމާއަތްކަމަށްވާ ކޮމަންވެލްތުންވެސް ވަކިވެފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް