ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 13:27
ދައުލަތުގެ ވަކީލުން ސުޕްރީމް ކޯޓަށް ވަންނަނީ
ދައުލަތުގެ ވަކީލުން ސުޕްރީމް ކޯޓަށް ވަންނަނީ
ސަން އޮންލައިން
ޕްރޮސެކިއުޓަރ ޖެނެރަލް
ޕީޖީން ވަކިވާ މުވައްޒަފުން އިތުރުވަނީ، މިދިޔަ އަހަރު ވެސް 35 މުވައްޒަފަކު ވަކިވި!
ވަކިވި މުވައްޒަފުންގެ ތެރޭގައި ގިނައީ ލޯޔަރުން
ގެއްލުންވެދާނެތީ ދެ މުވައްޒަފަކު ވަކިކޮށްފައިވޭ
އިތުރަށް 59 މުވައްޒަފަކު ވަޒީފާއަށް ނަގާފައިވޭ

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ވަކިވާ މުވައްޒަފުންގެ އަދަދު އިތުރު ވަމުންދާއިރު، މިދިޔަ އަހަރު އެކަނިވެސް އަމިއްލައަށް އެދިގެން އެ އޮފީހުން ވަކިވި މުވައްޒަފުންނާއި ވަކިކުރި މުވައްޒަފުންގެ އަދަދު 35 އަށް އަރައިފި އެވެ.

ނުފޫޒެއް ނެތި މިނިވަންކަމާއެކު، މަސައްކަތް ކުރަންޖެހޭ ޕީޖީ އޮފީހަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާ ކަމުގެ އަޑު ފެތުރިފައި ވަނިކޮށް، އެ އޮފީހުން އެންމެ ގިނައިން ވަކިވެފައިވަނީ ދައުލަތުގެ ފަރާތުން ކޯޓުތަކަށް ވަކާލާތު ކުރުމަށް ވަޑައިގަންނަވާ ގާނޫނީ ވަކީލުންނެވެ. އެގޮތުން ޕަބްލިކް ޕްރޮސެކިއުޓަރުންގެ މަގާމު އަދާކުރި ލޯޔަރުންނާއި ކޭސް އޮފިސަރުންގެ ގޮތުގައި ވެސް މިދިޔަ އަހަރު 17 އަށް ވުރެ ގިނަ ވަކީލުން އެ އޮފީހުގެ ވަޒީފާއިން ވަކިވެފައިވެއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި އެ އޮފީހުން މިދިޔަ އަހަރު ވަކިވި 35 މުވައްޒަފުންގެ ތެރެއިން، އަމިއްލަ އަށް އެދިގެން 21 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވެއެވެ. އެ އަދަދަކީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، އަމިއްލައަށް ވަކިވި މުވައްޒަފުންގެ ނިސްބަތް އިތުރެވެ.  2016 ވަނަ އަހަރު އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންގެ އަދަދަކީ 11 އެވެ. ޕީޖީ އޮފީހަށް ގެއްލުންވެދާނެތީ މިދިޔަ އަހަރު ދެ މުވައްޒަފަކު ވަކިކޮށްފައި ވާއިރު، ކުށެއްގެ ތުހުމަތާ ގުޅިގެން 2016 ވަނަ އަހަރު އެ އޮފީހުން މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައިވެއެވެ.

ޖިނާއީ ކުށްތަކުގެ ދައުވާކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި މުއައްސަސާގެ މިނިވަންކަމާމެދު ސުވާލު އުފައްދައި އެ އޮފީހުން ވަކިވަމުންދާ މުވައްޒަފުން އިތުރުވަމުން ދާއިރު، އެ އޮފީހުގެ ވަޒީފާއަށް އަލަށް ނަގާ މުވައްޒަފުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ޕްރޮސެކިއުޝަންގެ މަސައްކަތް ކުރުމަށް މިދިޔަ އަހަރު 28 ލޯޔަރަކަށް ވަޒީފާ ދީފައިވާއިރު، ޖުމްލަ 59 މުވައްޒަފަކު އެ އޮފީހުގެ ވަޒީފާއަށް ވަނީ ނަގާފައެވެ. ޕީޖީ އޮފީހުގެ މުވައްޒަފުންގެ ޖުމްލަ އަދަދަކީ 162 އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ލީގަލް އެޑްވައިޒަރަކަށް ހުންނެވުމަށްފަހު، ޕީޖީގެ މަގާމަށް ވަޑައިގެންނެވި އައިޝަތު ބިޝާމަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށް، އެކަމަނާ ރައީސް އޮފީހުން ނުކުމެވަޑައިގަންނަވާ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ.

ޕީޖީގެ ސުލޫކީ މިންގަނޑާ ބެހޭ ގޮތުން ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނުގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނަރަލް މަސްއޫލިއްޔާތު އަދާ ކުރުމުގައްޔާއި ބާރުތައް ބޭނުން ކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް ކަންކަން ކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ޕީޖީ ވެގެން ނުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް