ތ. މަޑިފުށީގައި ހަދަމުންދިޔަ އިމާރާތެއްގެ ތިންވަނަ ބުރިން ދިވެއްސަކު ވެއްޓި އޭނާގެ ފައި ބިންދައިގެން ހިނގެއްޖެ އެވެ.
މަޑިފުށީ ކައުންސިލްގެ މެންބަރު އަލީ ހަސީން ވިދާޅުވީ ހަތަރު ބުރިއަށް ހަދަމުން ގެސްޓް ހައުސްއެއްގެ ތިންވަނަ ބުރިން ވެއްޓިފައިވަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށެވެ. ނަމަވެސް ބިދޭސީ މީހާއަށް ގެއްލުމެއް ނުލިބެ އެވެ.
އެ ދެ މީހުން ވެއްޓުނީ ކިހިނެއް ވެގެންކަން އެނގިވަޑައި ނުގަންނަވާ ކަމަށް އަލީ ހަސީން ވިދާޅުވި އެވެ. ނަމަވެސް، ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ މީހުން ވެއްޓުނީ ފާރުގައި ސިމެންތި ޖެހުމަށް ތިން ވަނަ ބުރީގައި އަޅާފައި ހުރި އަށި މަތީގައި ހުއްޓައި އެ އަށި ވެއްޓިގެންނެވެ.

ބިދޭސީ މީހާ ވެއްޓި ޖެހުނީ އިމާރާތުގެ ކައިރީގައި ހުރި ފޭރު ގަހެއްގެ ތެރެއަށެވެ. ބިދޭސީ މީހާއަށް މާބޮޑު ގެއްލުމެއް ލިބިފައި ނެތަސް، ވެއްޓި ޖެހުމާއެކު ލިބުނު ޝޮކްގައި އޭނާ އަދި ވާހަކައެއް ނުދައްކަ އެވެ.
ވާތު ފައިގެ ފަލަމަސްގަނޑާ ދިމާލުން ފައި ބިންދައިގެން ދިޔަ މީހާ ވެއްޓި ޖެހުނީ ބިންމައްޗަށެވެ. އެ ދެ މދިމާލުން ވަނީ ބިންދައިގެން ގޮސްފައެވެ. މި ދެ މީހުންނަށް ވެސް މަޑިފުށީ ސިއްހީ މަރުކަށުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފައި ބިންދައިގެން ދިޔަ މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ވަނީ ހަމަޖައްސައިފަ އެވެ.