ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 22:57
އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ފަޒީން
ނަރުދަމާ ހަވާލުކުރުން
ތިން ރަށެއްގައި ނަރުދަމާ ގާއިމު ކުރުމަށް 42 މިލިއަން ރުފިޔާ
މިއަދު ސޮއިކުރީ ފ. ބިލަތްދޫ، ރ. އިންނަމާދޫ އަދި ށ. ފީވަކުގެ ނަރުދަމާގެ ލޭބަރ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި
މި މަސައްކަތް 12 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ
ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް

ރާއްޖޭގެ ތިން ރަށެއްގެ ނަރުދަމާ ގާއިމު ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީިން އެސްޖޭ ކޮންސްޓްރަކްޝަނާއެކު 42.78 މިލިއަން ރުފިޔާގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި އާދިއްތަ ދުވަހު ނަރުދަމާ ގާއިމުކުރަން ހަވާލުކުރީ ފ. ބިލަތްދޫ އާއި ރ. އިންނަމާދޫ އަދި ށ. ފީވަކުގެ އެވެ. މި ރަށުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝިހާދު އެވެ.

މި މަޝްރޫޢުގެ ދަށުން ފ. ބިލެތްދޫގައި ނަރުދަމާ އެޅުމަށް 19.34 މިލިއަން ރުފިޔާ ހޭދަވާއިރު، ރ. އިންނަމާދޫ އަށް 11.48 މިލިއަން ރުފިޔާ އަދި ށ. ފީވަކަށް 11.96 މިލިއަން ރުފިޔާ ހަރަދުވެ އެވެ. 

މި ތިން ރަށުގެ ނަރުދަމާގެ މަޝްރޫއުއަށް ޚަރަދުކުރަން ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ޕަބްލިކް ސާރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ބަޖެޓުންނެވެ. މި މަޝްރޫއުގެ ދަށުން ނަރުދަމާގެ ނެޓްވޯކް ގުޅައިދިނުމާއި، ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ނަރުދަމާ ގުޅައިދިނުމާއި ސީ އައުޓްފޯލް އަދި އެޑްމިނިސްޓްރޭޓިވް ބިލްޑިންގ އަޅާނެ އެވެ. 


މި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 12 މަސް ދުވަހެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސަމާހު
- ކޮމެންޓް