ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 11:33
މަޖޫރީންގެ ގިނަ ބަޔަކު އިހްތިޖާޛު ކުރަނީ
މަޖޫރީންގެ ގިނަ ބަޔަކު އިހްތިޖާޛު ކުރަނީ
ރާއްޖެއެމްވީ
މުދާ ކްލިއަރ ކުރުން
މަސައްކަތް ހުއްޓާލުމަށް ފަހު މަޖޫރީން އިހްތިޖާޖުކުރަނީ
މަޖޫރީން އިހްތިޖާޖު ކުރަނީ މުދާ ކްލިއަރ ކުރާ ވަގުތު ބަދަލު ވުމުން
ގިނަ ބަޔަކު ދަނީ ހިންހަމަނުޖެހުން ފާޅު ކުރަމުން

އެމްޕީއެލްއިން މުދާ ކްލިއަރ ކުރުމަށް ގެނައި ބަދަލާ ގުޅިގެން މަޖޫރީން މަސައްކަތް ހުއްޓާލުމަށް ފަހު އިހްތިޖާޖުކުރަން ފަށައިފި އެވެ.

މަޖޫރީން އިހްތިޖާޖުކުރަން ފެށީ މުދާ ކުލިއަރ ކުރަން ގެނައި ބަދަލާ ގުޅިގެން ރޭގަނޑުގެ ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހޭތީ އެވެ. 

އެމްޕީއެލް އިން ބުނީ ކްލިއަރ ކުރެވޭ މުދާ ޑެލިވެރީ އޯޑަރ ހެނދުނު 08:00 އިން ފެށިގެން މެންދުރު 13:00 އަށް ނަގަން ފަށާއިރު މުދާ ކްލިއަރ ކުރެވޭނީ ހެނދުނު 11:00 އިން ފެށިގެން ރޭގަނޑު 21:00 އަށް ކަމަށް އެ އިދާރާއިން ބުނެއެވެ.

އެއްގަމު މަގުން ކްލިއަރކުރެވޭ މުދަލުގެ ޑެލިވަރީ އޯޑަރ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ނަގަން ފަށާއިރު ކޮންޓެއިނަރ މުދާ ކްލިއަރ ކުރުމަށްޓަކައި ކޮންޓެއިނަރ ކެނޑުމުގެ މަސައްކަތް ފެއްޓޭނީ 20:00 ގައި ކަމަށް އެމްޕީއެލް އިން ބުނެއެވެ.

ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް ފަދަ ވެހިކަލް އެމްޕީއެލް ސަރަހައްދަށް ވައްދަން ފައްޓާނީ ރޭގަނޑު 21:00 އަށް ކަމަށްވާއިރު މުދާ ކްލިއަރކޮށް ބަރުކުރެވޭ ލޮރީތައް މަގު މައްޗަށް ނުކުމެވޭނީ ރޭގަނޑު 22:00 އިން ފެށިގެން ހެނދުނު 05:00 އަށް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

ހުކުރު ދުވަހު ޑެލިވަރީ އޯޑަރ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ނަގާ އިރު ދޯނި ފަހަރަށް މުދާ ބަރުކުރަން ފަށާނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 21:00 އަށް ކަމަށް އެމްޕީއެލްއިން ބުނެ އެވެ، 

ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ބަރު ކުރުމަށް ވެހިކަލް އެމްޕީއެލްގެ ތެރެއަށް ވައްދަން ފަށާނީ 21:00 އިން ފެށިގެންނެވެ. މުދާ ބަރުކޮށްގެން ލޮރީތއް މަގު މައްޗަށް ނުކުމެވޭނީ ރޭގަނޑު 22:00 އިން ފެށިގެން ހެނދުނު 05:00 ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 އޭޕްރިލް 2018 | އާދީއްތަ 06:40
ސައްޕޭ
މައްސަލައަކީ ވެރިކަން ކުރާ ފަރާތުގެ މައްސަލަ، މިވެރިންގެ ހުރިހާ ޕްލޭނެއް މިއޮތީ މިކުޑަ މާލެ ތޮއްޖައްސާ ޕްލޭން، މަ