ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 08:34
ޝާހިދު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ޝާހިދު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
އަހްމަދު ސާއިފް ޝިޔާދް
ފަލަ ސުރުޚީ
12 މެންބަރުންނާއެކު މަޖިލިސް ތެރެއިން ޤައުމު ހަމަ މަގަށް އަޅުވާނަން: ޝާހިދު
ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އަގު ވަނީ ވައްޓާލާފައި
ރައްޔިތުންގެ މަޖިލީހުން ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގޭނެ
ދިވެހި ރާއްޖެއަކީ އެންމެ އަނިޔާވެރި، އެންމެ ގިނަ ވައްކަން ކުރާ، އެންމެ ފަސާދަ ގިނަ، އެންމެ ގިނަ އަދަދަކަށް އެގައުމެއްގެ ހަބަރު ފަތުރާ ވަސީލަތްތަކަށް ބިރުދައްކާ، މީހުން ހައްޔަރު ކުރާ އަދި މަގުމައްޗަށް

ގާނޫނު އަސާސީއާ ހިލާފަށް މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަކީ ހިތްވަރު ގަދަ ބަތަލުން ކަމަށާއި އެ މެންބަރުންނާއެކު ޤައުމު ހަމަ މަގަށް އަޅުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝާހިދު ވިދާޅުވީ، ރައީސް ޔާމީން ހުއްޓުވާނެ ކަމަށާއި އެކަން ކުރެއްވުމުގައި ޤާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އިދިކޮޅު ފަރާތްތަކާއެކު ސާބިތުވެތިބީ އެ ޔަޤީންކަން އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ނުކުރާނަން، އެ ޔަގީންކަން އޮތީމަ ރައްޔިތުން އަޅުގަނޑުމެންނާއެކު ތިއްބެވީ، ރައީސް ޔާމީން ހުއްޓުވާނަން، ރައީސް ޔާމީން ހުއްޓުވާފަ ނޫނީ ފެށި މަސައްކަތް ނުނިންމާނަން. ޤާނޫނީ އިމުގެ ތެރެއިން މިކަން ކުރެވޭނެ ގޮތްތައް އެބަ އޮތް. ރައްޔިތުންގެ މަޖިލީހުން ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގޭނެ. އެއީ ޤާނޫނުއަސާސީގައި އޮތް ޗެޕްޓަރެއް. ރައްޔިތުންގެ މަޖިލީހުގައި އެކަން ކުރަންވީ ގޮތް ސަރީޙަކޮށް އެކަން އެބައޮތް ލިޔެފައި. އަޅުގަނޑުމެންގެ މި 12 މެންބަރުންނަކީ ހިތްވަރުގަދަ ބަތޮލުން. އެބޭފުޅުންނާއެކު ވަދެ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ރާއްޖެ ހަމަމަގަށް ރީތިކޮށް އެޅިގެން ދާނެ" ޝާހިދު ވިދާޅުވި އެވެ.

ރައްޔިތުން ހޮވާފައި، މަޖިލީހަށް ފޮނުވާފައިވާ މެންބަރުންގެ އަޑެއް ނެތި މިއަހަރުގެ ބަޖެޓް ފާސްކޮށްފައިވާ ކަމަށާއި އެކަމަކީ އިންސާނީ ބުއްދިއާ ބައިނަލްއަގުވާމީ އުސޫލުތަކުން ގަބޫލު ކުރާނެ ކަމެއްވެސް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ގަބޫލު ކުރައްވަން ޖެހޭނެ އެއް ހަގީގަތަކީ މަޖިލީހުގައި ތަޅުއަޅުވައިގެން އޮބި ނުހެއްޓޭނެ ކަމަށާއި ރައީސް ޔާމީންގެ ކިބައިގައި އެ ހިތްވަރެއް ވެސް ނެތް ކަމަށެވެ. ހަމަ އެކަނި ސަރުކާރުގައި ހުރީ އަނިޔާވެރިކަން އެކަނި ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ މިއަދާ ހަމައަށް ދުނިޔެއަށް ފެނިފައި އޮތީ ސުލްހައަށް ލޯބިކުރާ، އެކަކު އަނެކަކަށް އިހްތިރާމް ކުރާ ޤައުމެއްގެ ގޮތުގައި ކަމަށާއި މިއަދު އެރީތި އޮމާން މަންޒަރު މިއަނިޔާވެރި ސަރުކާރުން ބަދަލުކޮށްލައިފި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ދިވެހިރާއްޖެއަކީ އެންމެ އަނިޔާވެރި، އެންމެ ގިނައިން ވައްކަންކޮށް، ހަބަރު ފަތުރާ ވަސީލަތްތަކަށް ބިރުދައްކައި، މީހުން ހައްޔަރު ކުރާ އަދި މަގުމައްޗަށް މީހުން މަރާ ވައްޓާލާ އެއް ގައުމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  މި ގައުމުގެ އަގު ބައިނަލްއަގުވާމީ ދުނިޔޭގައި މިދަރަޖައަށް ވާއްޓާލުމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހޭ ކަމަށް، ކުރިން ފޮރިން މިނިސްޓަރުކަން ވެސް އަދާކުރެއްވި ޝ

"މިއަދު ދިވެހި ރާއްޖެއަކީ އެންމެ އަނިޔާވެރި، އެންމެ ގިނަ ވައްކަން ކުރާ، އެންމެ ފަސާދަ ގިނަ، އެންމެ ގިނަ އަދަދަކަށް އެގައުމެއްގެ ހަބަރު ފަތުރާ ވަސީލަތްތަކަށް ބިރުދައްކާ، މީހުން ހައްޔަރު ކުރާ އަދި މަގުމައްޗަށް މީހުން މަރާ ވައްޓާލައެއް ގައުމު، ފޮރުވައިގެން މިއަދު ނުތިބެވޭނެ، އެއީ މި ސަރުކާރަށް ނުކުރެވިގެން އުޅޭ ކަންތައް، ދުނިޔެއަށް އެބަ އިނގޭ މި ސަރުކާރުގެ އަނިޔާވެރިކަން، ރާއްޖޭގެ ރީތި ފޮޓޯ ކިތަންމެ ވަރަކަށް ދައްކަން އުޅުނު އެކަން ގަބޫލެއް ނުކުރޭ،" ޝާހިދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް