ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 08:35
ރާއްޖޭގެ ރިސޯޓެއް: ރިސޯޓް ހަދަން ގެންނަ މުދާ ރިސޯޓަށް ބާލާނަމަ ފީއެއް ނަގާނެ
ރާއްޖޭގެ ރިސޯޓެއް: ރިސޯޓް ހަދަން ގެންނަ މުދާ ރިސޯޓަށް ބާލާނަމަ ފީއެއް ނަގާނެ
ގޫގުލް
ކަސްޓަމްސް
ރިސޯޓަށް މުދާ ބޭލުމުގެ ފީއެއް ނަގަނީ
ފީނަގަން ފަށާނީ 1 އޭޕްރީލްއިން ފެށިގެން
މި އުސޫލަށް ޢަމަލް ކުރާނީ 2020 ގެ ނިޔަލަށް

ރިސޯޓު ހަދަން މުދާ ގެނެސް ރިސޯޓަށް އެ މުދާ ބާލާނަމަ ހިދުމަތުގެ ފީއެއް ނަގަން ނިންމައި، އެ އުސޫލު އާއްމުކޮށްފި އެވެ.

އޭޕްރީލް 1 އިން ފެށިގެން އަމަލު ކުރަން ފަށާ ގޮތަށް ކަސްޓަމްސް އިން އާއްމުކުރި މި އުސޫލަށް އަމަލު ކުރާނީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ. މި އުސޫލުގެ ދަށުން ފީއެއް ނަގާނީ އަލަށް ހަދާ ރިސޯޓުތަކާއި މިހާރު ހަދަމުންދާ ރިސޯޓުތަކުގެ ތެރެ އިން ނުހެދި ހުރި ރިސޯޓުތަކާއި މަރާމާތުކުރާ ރިސޯޓު ތަކަށެވެ.

މިގޮތުން ރިސޯޓަށް ބަލާ ބޮޑު ހިލަ އާއި ހިލަވެލި އަދި ސިމެންތި ފަދަ "ބަލްކް ކާގޯ" އަށް މުދަލުގެ ހިދުމަތުގެ ފީއެއްގެ ގޮތުގައި މެޓްރިކް ޓަނަކަށް ނުވަތަ ކިއުބިކް މީޓަރަކަށް ދެ އެމެރިކާ ޑޮލަރު (30.84ރ.) ދައްކަން ޖެހެ އެވެ. މި ނޫން އެހެނިހެން ބާވަތްތަކުގެ މުދަލަށް މެޓްރިކް ޓަނަކަށް ނުވަތަ ކިއުބިކް މީޓަރަކަށް ފަސް އެމެރިކާ ޑޮލަރު (77.1ރ.) ގެ ފީއެއް ދައްކަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

މި އުސޫލުގައިވާ ގޮތުން، މި ފީ ދައްކަން ޖެހެނީ މި މުދަލުގެ ޑިކްލަރޭޝަން ނިންމާ ދުވަހު ކަސްޓަމުން ޑިއުޓީ ނަގަން ބޭނުންވާ އެކްސްޗޭންޖް ރޭޓުން ދިވެހި ރުފިޔާއިންނެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި މުދަލުގެ ޑިކްލެރޭޝަން ނިންމުމަށްފަހު މުދާ ރިސޯޓަށް ބޭލުމުގެ ހުއްދަ ދެވޭނެ އެވެ. ބޭރުން މުދާ ގެންނަ އުޅަނދު ރިސޯޓަށް ގޮސް މުދާ ބޭލުމާއި ރަސްމީ ބަނދަރަށް މުދާ ބޭލުމަށްފަހު ރިސޯޓަކަށް ގެންގޮސް ބަލައި ފާސްކުރާ ގޮތަށް ވެސް މުދާ ގެންދިއުމުގެ ހުއްދަ ދެވޭނެ އެވެ. އަދި މުދާ ބޭފުލުގެ ހުއްދަ ދެވޭނީ މި އުސޫލުގައި ބަޔާކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން ކަމަށް ކަސްޓަމުން ބުނެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް