ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 07:20
ބާޒާރުގެ ފިހާރައެއް: ދުވާލު ގަޑީގައި މުދަލެއް ނޫފުލޭނެ
ބާޒާރުގެ ފިހާރައެއް: ދުވާލު ގަޑީގައި މުދަލެއް ނޫފުލޭނެ
ރާއްޖެ އެމްވީ
މުދާ އުފުލުން
ދުވާލު ގަޑީގައި ބާޒާރު މަތީ ފިހާރަތަކުން ރަށުތެރޭ ފިހާރަތަކަކަށް މުދަލެއް ނުގެންދެވޭނެ: އިކޮނޮމިކް މިނިސްޓްރީ
މުދާ އުފުލޭނީ އިރުއޮއްސި 6 ން ފެށިގެން

ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން ބާޒާރުމަތީ ފިހާރަތަކުން މުދާ ގަނެގެން ރަށުތެރޭގެ ފިހާރަތަކަށާއި ހޮޓާ، ރެސްޓޯރަންޓް، ކެފޭ ފަދަ އެއްވެސް ތަނަކަށް، އާދީއްތަ ދުވަހުން ފެށިގެން، މުދާ ނުގެންދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު ވިދާޅުވި ގޮތުގައި ރަށުތެރޭގެ ފިހާރަތަކަށް ޕިކަޕް ފަދަ ވެހިކަލްތަކުގައި މުދާ ނުގެންދެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް އަމިއްލަ ބޭނުންތަކަށް ގޭގެއަށް ބޭނުންވާ ތަކެތި ގެންދަން ހުރަހެއް ނެތް ކަމަށެވެ.

އާދީއްތަ ދުވަހުން ފެށިގެން ފިހާރަތަކަށް މުދާ އުފުލޭނީ އިރުއޮއްސި 6 ން ފެށިގެންނެވެ. ނަމަވެސް ކުރިން ހަމަޖައްސާފައިވަނީ މުދާ އުފުލޭނީ ރޭގަނޑު 10ން ފެށިގެން ކަމަށެވެ. ފަހުން ބަދަލުކޮށްފައިވަނީ ވިޔަފާރިވެރިން ޝަކުވާކޮށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއެކު ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ.

މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫންވެސް ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލަންވާނީ އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށް ކަމަށެވެ.

ކައްކާ ގޭސް އުފުލޭނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ. މިބަދަލު ގެނެސްފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ޤަވާއިދަށް ގެނައި ބަދަލަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 އޭޕްރިލް 2018 | އާދީއްތަ 02:26
މިނިސްޓަރ އިކޮނޮމީ
ކަލޯ ވާ ޤައުމު ހިންގަން އެބަ އެގޭތަ ؟ އިލާހީޤާނޫނަށް ވެސް ގޮން ޖަހަންފެށީތާ