ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 08:36
މެންބަރު ސިނާން: ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައި
މެންބަރު ސިނާން: ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައި
އަވަސް
މެންބަރު ސިނާން
މެންބަރު ސިނާންގެ ބަންދާމެދު ގޮތެއް ނިންމަން އާދީއްތަ ދުވަހު ކޯޓަށް ހާޒިރުކުރާނެ
މާރޗް މަހުގެ 29 ވަނަ ދުވަހު ބާއްވަން އުޅުނު މުއްދަތުގެ ޝަރީއަތް ވަނީ ކެންސަލް ކޮށްފައި
ސިނާނަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި
ސިނާން ހައްޔަރު ކުރީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް އާދީއްތަ ދުވަހު  ކުރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ. ކޯޓަށް ގެނައުމަށް ނިންމާފައިވަނީ މެންދުރުފަހު 1:30 ގައެވެ.

ސިނާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް އެންމެފަހުން ޖަހާފައިވަނީ މާރޗްމަހުގެ 18 ވަނަ ދުވަހުއެވެ.

ސިނާންގެ ބަންދަށް އެދުވަހު މުއްދަތު ޖަހާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެތައް ދުވަހެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހުއެވެ.

އޭގެ ފަހުން މާރޗް މަހުގެ 29 ވަނަ ދުވަހު ވަނީ ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތާވަލް ކުރުމަށްފަހު ވަނީ ކެންސަލް ކޮށްފައެވެ.

ކުރިންވެސް ސިނާންގެ ބަންދުގެ މަޖިލީހެއް ކެންސަލްކޮށްފައި ވާއިރު، 29 ވަނަ ދުވަހު ޝަރީޢަތް ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.

ސިނާން ހައްޔަރު ކޮށްފައިވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު, މަޖިލީހުގެ ތެރެއިން ވައްޓާލުމަށްޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.

ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވާއިރު އޭނާއަށް ޓެރަރިޒަމްގެ ތުހުމަތުކުރާކަން ފުލުހުން އެންގީ ހައްޔަރުކޮށްފައި ހުންނަވާތާ 35 ދުވަސް ފަހުން، މާޗްމަހުގެ 17 ވަނަ ދުވަހުއެވެ. ސިނާން ހައްޔަރުކުރީ ފެބުރުއަރީ  9 ވަނަ ދުވަހު އެވެ.

މި މައްސަލާގައި ސިނާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެހެން ތިން މެންބަރަކަށް ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ. އެއީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް