ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 07:23
ރައީސް ނަޝީދު: ތެޔޮ ޓޭންކަރުގެ މައްސަލައިގާ ރައީސް ޔާމީނަށް ތުހުމަތު ކުރައްވާ
ރައީސް ނަޝީދު: ތެޔޮ ޓޭންކަރުގެ މައްސަލައިގާ ރައީސް ޔާމީނަށް ތުހުމަތު ކުރައްވާ
ސްކައި ނިއުސް
ރައީސް ނަޝީދު
ސަރުކާރުން މަސައްކަތް ކުރަނީ ތެޔޮ ޓޭންކަރުގެ މައްސަލަ ފޮރުވަން:ނަޝީދު
އެ މައްސަލައާ ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮތް ކަމަށް ތުހުމަތުކުރައްވާ
މައްސަލަ ފޮރުވަން އުޅެނީ ފަހުމީގެ ބޮލުގައި ހުރިހާ ކަމެއް އެޅުވުމަށްފަހު

އުތުރު ކޮރެއާގެ ބޯޓަކަށް ދިވެހިރާއްޖޭގެ ދިދަ ޖަހާފައިވާ ޓޭންކަރަކުން ކަނޑުމަތީގައި ތެޔޮ ވިއްކި ކަމަށް ބުނާ މައްސަލަ ސަރުކާރުން ފޮރުވަން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައިވަނީ އުތުރުކޮރެއާގެ ބޯޓާއެކު މުއާމަލާތް ކުރި ދިވެހި ދިދަ ޖެހި ބޯޓުގެ މައްސަލައާ ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮތް ކަމަށް ތުހުމަތުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ބޯޓުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގދ. މަޑަވެލި އަރިނަގާގެ، އަބްދުﷲ ފަހުމީގެ ބޮލުގައި ހުރިހާ ކަމެއް އެޅުވުމަށްފަހު މި މައްސަލަ ފޮރުވުމަށް ކަމަށެވެ.

ދިވެހި ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރަކުން، އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މުއަމަލާތްތަކެއް ހިންގިކަން ފަޅާއަރުވާލީ ޖަޕާނުގެ ފޮރިން މިނިސްޓްރީ އިންނެވެ. ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ 'ޝިން ޔުއާން 18' އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ 'ޗޮން މާން ސަން' ފެނުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުންނެވެ.

އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދާއި "ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދުން ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި ކަމަށް ބުނާ މައްސަލާގައި ދިވެހި ފުލުހުން ހައްޔަރުކޮށްފައިވާ ގދ. މަޑަވެލި އަރިނަގާގެ، އަބްދުﷲ ފަހުމީގެ ބަންދުގެ މުއްދަތު 15 ދުވަހަށް ވަނީ އިތުރު ކޮށްފައެވެ. އޭނާ ހައްޔަރު ކުރީ އެސްއޯއީ އިއުލާން ކޮށްފައި ވަނިކޮށެވެ. ފަހުމީގެ މައްޗަށްވެސް އޭރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގެ ތުހުމަތު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް