ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 21:28
އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދިޔުމަށް އެމްބިއުލާންސް އަކަށް އަރުވަނީ
އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދިޔުމަށް އެމްބިއުލާންސް އަކަށް އަރުވަނީ
ޒިންހުއާނެޓް
ރާއްޖެ - ފަލަސްތީން
ފަލަސްތީނުގެ މުޒާހިރީންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އިސްރާއިލު ސިފައިން ހަމަލާ ދިނުމުގެ ސަބަބުން ފަލަސްތީނުގެ 15 މުޒާހިރީން ވަނީ މަރުވެފައި
އިސްްރާއީލު-ޣައްޒާގެ ބޯޑަރު ސަރައްދުގައި ފަލަސްތީނުގެ ރައްޔިތުން  ފޭލިގެ ޖަހައި، ފަލަސްތީނު އެތައްހާސް ރައްޔިތުން ހުކުރު ދުވަހު ހެނދުނުން ފެށިގެން ގެންދަނީ މުޒާހަރާ ކުރަމުން

ޣައްޒާގެ ބޯޑަރު ސަރައްދުގައި ފަލަސްތީނުގެ މުޒާހިރީންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

މިކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި އިތުރަށް ބުނީ މި ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށާއި އަދި ފަލަސްތީނުގެ އުޚުވަތްތެރި ރައްޔިތުންގެ ހިތާމައިގައި ބައިވެރިވާ ކަމަށެވެ. 

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އިސްްރާއީލު-ޣައްޒާގެ ބޯޑަރު ސަރައްދުގައި ފަލަސްތީނުގެ ރައްޔިތުން ކުރި މުޒާހަރާގައި އިސްރާއީލު ސިފައިން ހަމަލާ ދިނުމުގެ ސަބަބުން ފަލަސްތީނުގެ ފަނަރަ މީހުން މަރުވި ކަމަށާއި އަދި 750 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނީ ފަލަސްތީނުގެ މުޒާހިރީން މަސައްކަތް ކުރީ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމަށް ނޫން ކަމަށާއި އެގޮތުން ބައެއް މުޒާހިރީން ގާއުކާ އަދި އަލިފާން ރޯކޮށްފައިވާ ޓަޔަރުތައް އިސްރާއީލު ސިފައިންނާ ދެކޮޅަށް އުކަމުން ދިޔަ ކަމަށެވެ. 

އިސްްރާއީލު-ޣައްޒާގެ ބޯޑަރު ސަރައްދުގައި ފަލަސްތީނުގެ ރައްޔިތުން  ފޭލިގެ ޖަހައި، ފަލަސްތީނު އެތައްހާސް ރައްޔިތުން ހުކުރު ދުވަހު ހެނދުނުން ފެށިގެން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ހަ ހަފުތާގެ މުއްދަތަށް ފަލަސްތީނު ރައްޔިތުން ފެށި މުޒާހަރާގައި ފަލަސްތީނު މީހުން ޑިމާންޑް ކުރަމުން ދަނީ އިސްރާއީލުގައި މިހާރު ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީން އެ މީހުންގެ ގެދޮރަށް އަނބުރާ ގެނައުމަށެވެ. އިހްތިޖާޖް ނިންމަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު ކަމަށްވާއިރު އެއީ ފަލަސްތީނުން ކިޔާ ގޮތުން ނަކްބާ ނުވަތަ ހަލާކުގެ ދުވަހެވެ. ނުވަތަ 1948 ވަނަ އަހަރު އިސްރާއީލް އުފެދުނު ދުވަހެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
31 މާރޗް 2018 | ހޮނިހިރު 17:00
ާާަަމުރިޝިދު
ރާއްޖޭގެ މުޒާހިރާ ކުރާމީ ހުންނަ ކިހިނެއް ކިހިނެއް މިހަދަނީ ؟ ޔާާާﷲ ފަލަސް ތީންގެ މުސްލިމުންނަށް ނަސްރު ދެއްވާންދޭ ،، އާމީން
31 މާރޗް 2018 | ހޮނިހިރު 16:54
ސާބޭ
ތި ޓުވީޓެއް ބަޔަކު ނުބަލާނެ، ތިވަރު ގަޓުހުރި ބައެއްނަމަ ބޮޑު ސްޓޭޓްމެންޓެއް ނެރެބަލަ. އެވަރު ކުރާއިރު ހުރިހާ މުސްލިމު ޤައުމުތަކުން އެއްޗެކޭ ނުބުނެތިބޭތީ އަހަރެމެން ކަންބޮޑުވޭ