ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 16:56
އަދީބު އާއިލާ ބޭފުޅުން ހޮނިހިރު ދުވަހު މާފުށީ ޖަލުގެ ބޭރުގައި
އަދީބު އާއިލާ ބޭފުޅުން ހޮނިހިރު ދުވަހު މާފުށީ ޖަލުގެ ބޭރުގައި
ސޯޝަލް މީޑިއާ
ކުރީގެ ނައިބު ރައީސް އަދީބު
2 މަސް ފަހުން އަދީބަށް އާއިލީ ބައްދަލުވުން ދީފި
އަދީބުގެ ސިއްހީ މައްސަލަތަކަށް އަދިވެސް ހައްލެއް ނުލިބޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް 2 މަސް ދުވަހަށް ފަހު އާއިލީ ބައްދަލުވުމެއް ދީފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު ހޮނިހިރު ދުވަހު އެއްގަޑި އިރުގެ އާއިލީ ބައްދަލުވުމެއް ދީފައިވާ ކަމަށެވެ. މި ބައްދަލުވުމަށް އަދީބުގެ އަނބިކަނބަލުންގެ އިތުރުން ބައްޕާފުޅާއި މަންމާފުޅު އަދި 2 ކޮއްކޮއެއް ވަޑައިގެންނެވި ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައި އަދީބު ހުންނެވިއިރު، އަދިވެސް މައިގަނޑު ޝަކުވާއެއްގެ ގޮތުގައި ބޭސްފަރުވާގެ މައްސަލަ އާއިލާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އަދީބުގެ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް އާއިލާއިން އެދުނު ނަމަވެސް، އިތުރު ޑޮކްޓަރެއްގެ ލަފައެއް ނުހޯދާ ބޭރަށް ނުފޮނުވުމަށް މެޑިކަލް ބޯޑުން ނިންމާފައިވާއިރު، އިތުރު ޑޮކްޓަރެއްގެ ލަފައެއް ނުހޯދެނީ ޑޮކްޓަރަށް ނަމްބަރެއް ނުލިބިގެން ކަމަށް އާއިލާއަށް މައުލޫމާތުދޭ ކަމަށް އާއިލާއިން ބުނެއެވެ. އަދި ޑޮކްޓަރެއްގެ ނަމްބަރު ނުލިބޭ ކަމަށް ކަރެކްޝަންސްއިން ބުނާތީ، ޑޮކްޓަރަށް ދެއްކުމުގެ ކަންތައް އާއިލާއާއި ހަވާލު ކޮށްދިނުމަށް އާއިލާއިން ވަނީ އެދިފައެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުން އެކި އުޒުރު ދައްކަމުންދާއިރު، އެމަނިކުފާނަށް ބޭރަށް ދެވޭނީ އެމަނިކުފާނު ދައުލަތުން ނެންގެވި ކަމަށް ރައީސް ޔާމީން ތުހުމަތުކުރައްވާ ފައިސާ ދެއްކެވުމަށްފަހު ކަމަށް ރައީސް ޔާމީނު ވަނީ ވިދާޅުވެފައެވެ. 

އާއިލާ ބައްދަލުވުން އަދީބަށް ދީފައި މިވަނީ އާއިލީ ބައްދަލުވުން ހަމަޖައްސައިނުދީގެން އާއިލާއިން ކަންބޮޑުވުން ފާޅުކުރަމުންދާތާ އެތައް ދުވަހެއް ފަހުންނެވެ. އަދީބަކީ ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1ގެ އަމުރުގެ ދަށުން، އެމަނިކުފާނާއި ދެކޮޅަށް ކުރެވުނު ތުހުމަތު އަލުން ތަހުޤީޤު ކުރުމަށް މިނިވަންކުރަން ޖެހޭ ބޭފުޅެކެވެ. ކޯޓު އަމުރު ނެރުނުއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި އަދީބު ހުންނެވި ނަަމަވެސް، އެމަނިކުފާނު ވަނީ ކޯޓު އަމުރު ނެރުމާއިއެކު މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް