ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 16:52
މަޖިލިސް މެމްބަރު އަހުމަދު މަހްލޫފް
މަޖިލިސް މެމްބަރު އަހުމަދު މަހްލޫފް
މުހައްމަދު ޝަރުހާން
މެމްބަރު އަހުމަދު މަހްލޫފް
މެމްބަރު މަހްލޫފް މާފުށީ ޖަލަށް ބަދަލުކޮށްފި
ހުކުރު ދުވަހު ކޯޓުން ވަނީ މަހްލޫފް ރިމާންޑް ޖަލެއްގައި ފަސް ދުވަހު ބެހެއްޓުމަށް، ބަންދުގެ މުއްދަތު އިތުރުކޮށްފަ

ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒުރާ ނަސީމު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހޮނިހިރު ދުވަހު ދޫނިދޫ ކަސްޓޯޑިއަލް އިން ގުޅައި، މަހްލޫފް މާފުށީ ޖަލަށް ބަދަލު ކޮށްފައިވާކަން އަންގާފައިވާ ކަމަށެވެ. އަދި މާފުށި ޖަލަށް މަހްލޫފް ބަދަލު ކުރީ ފަސް ދުވަހުގެ މުއްދަތަށް ރިމާންޑް ޖަލުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުރު ދުވަހު އަމުރު ކުރުމާއި ގުޅިގެން ކަމަށް ނަޒުރާ ވިދާޅުވި އެވެ.

 

މަހުލޫފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 އެހާކަންހާއިރުއެވެ. މަހުލޫފު ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މަނާ ސަރަހައްދަކަށް އެއްވެ، މުޒާހަރާ ކުރިކަމުގެ ތުހުމަތުގައި މަހުލޫފު ދޫނިދޫގައި ބަންދުކޮށްފައި ހުންނަތާ މިއަދަށް 37 ދުވަސް ވަނީ ވެފައެވެ.

މަހުލޫފުގެ ބަންދަށް ފަސް ދުވަސް އިތުރު ކޮށްފައިވާއިރު، އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ވެސް ވަނީ ފޮނުވާފައެވެ. މަހުލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި އިރު އިތުރު ތިން ދައުވާއެއް ވެސް މިހާރު ވަނީ މަހުލޫފްގެ މައްޗަށް އުފުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް