ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 15:19
އަނިޔާތަކަށް ގުޅިގެން އިތުރު ފަރުވާއަށް ހުސައިން (މ) ލަންކާއަށް ފުރަން އެއާޕޯޓުގައި
އަނިޔާތަކަށް ގުޅިގެން އިތުރު ފަރުވާއަށް ހުސައިން (މ) ލަންކާއަށް ފުރަން އެއާޕޯޓުގައި
މުހައްމަދު ޝަރުހާން
ނޫސްވެރިޔާ ހުސައިން ހަސަން
ނޫސްވެރިޔާ ހުސައިން އެޗްއާރްސީއެމަށާއި އެންއައިސީއަށް ހާޒިރުވާން އަންގައިފި
ފުލުހުން ކުރި އަނިޔާތަކުގެ ތަހުގީގު ވަނީ ފަށާފައި
އެޗްއާރްސީއެމަށް ހާޒިރުވާންޖެހޭނީ މާދަމާ
އެންއައިސީއަށް ހާޒިރުވުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހާޒިރުވާން އަންގައިފިއެވެ.

އެޗްއާރްސީއެމަށާއި އެންއައިސީއަށް ހުސައިން ހާޒިރުވުމަށް އަންގާފައި ވަނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާ ކަވަރު ކުރަމުންދަނިކޮށް، ފުލުހުން އޭނާ ހައްޔަރުކޮށް، އަނިޔާކުރި މައްސަލަައިގެ ތަހުގީގަށެވެ.

ރާއްޖެޓީވީގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ އެޗްއާރްސީއެމަށް ހުސައިން ހާޒިރުވާން ޖެހޭނީ އާދީއްތަ ދުވަހުގެ ހެނދުނު 10:00އަށް ކަމަށެވެ. އަދި އެންއައިސީއަށް ހާޒިރުވާން ޖެހެނީ ހޯމަ ދުވަހު 11:00އަށް ކަމަށް ނިޝާން ވިދާޅުވިއެވެ.

މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށް، ފުލުހުން ދިން އަނިޔާތަކާ ގުޅިގެން އޭޑީކޭއިން ފަރުވާ ދިނުމަށް ފަހު ހުސައިނަށް ލަންކާއިން ވެސް ވަނީ ފަރުވާދީފައެވެ. ހައްޔަރަށް ގެންދިއުމަށް ފަހު، ފުލުހުން އޭނާއަށް ކުރި އަނިޔާތަކުގެ ނިޝާންތައް އޭނާގެ ހަށިގަނޑުގެ އެކި ދިމަދިމާލުން ފެންނަން ހުއްޓެވެ.

ހުސައިން އޭޑީކޭގައި އެޑްމިޓްކޮށްފައި އޮތްއިރު، އެޗްއާރްސީއެމުން ވަނީ އޭނާގެ ހާލަތު މޮނީޓާކޮށް، ލިބިފައި ހުރި އަނިޔާތަކުގެ ފޮޓޯވެސް ނަގާފައެވެ.

ހުސައިނަށް އަނިޔާކުރި މައްސަލަ ތަހުގީގު ކޮށްދިނުމަށް ރާއްޖެޓީވީން ވެސް ވަނީ އެޗްއާރްސީއެމަށާއި އެންއައިސީއަށް ވެސް ހުށަހަޅާފައެވެ. ފުލުހުން ދިން އަނިޔާތަކާ ގުޅިގެން، ހުސައިންނަށް ހަފްތާއެއްހާ ދުވަސް ވަންދެން އެޑްމިޑްކޮށްގެން ފަރުވާދޭންޖެހުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް