ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 15:24
ފުލުހުން
ފުލުހުން
ގޫގުލް
ފުލުހުންގެ ވަޒީފާ
ފުލުހުންގެ ވަޒީފާއަށް މީހުން ހޯދަން އިއުލާންކޮށްފި
މިއުލާނުގެ އިތުރުންވެސް މިއަހަރުގެ ތެރޭގައި ފުލުހުންގެ ވަޒީފާއަށް މީހުން ހޯދަން އިއުލާން ކޮށްފައިވޭ

ފުލުހުންގެ ވަޒީފާއަށް މީހުން ހޯދުމަށް އިއުލާން ކޮށްފި އެވެ.

ޕޮލިސް ކޮންސްޓަބަލްގެ މަގާމަށް މީހުން ހޯދަން އިއުލާން ކުރިއިރު، މުސާރައިގެ ގޮތުގައި 4،650ރ ވަނީ ކަނޑައަޅާފައެވެ.

އިއުލާންގައިވާ ގޮތުން ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީހުން ފެށިގެން ތިން މަސް ވުމުން، ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 5،000ރ، ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 40 އިންސައްތަ އަދި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

ކޮލިފައިޑް ޕޮލިސް އޮފިސަރަކަށްވުމުން މަގާމުގެ ކުރިއެރުން ދިނުމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތެއްގެ ތައުލީމީ ފެންވަރާއި އެއްވަރުގެ މަގާމަކަށް ކުރިއެރުން ދެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މިއިއުލާންގެ އިތުރުން ވެސް މިއަހަރުގެ ތެރޭގައި ފުލުހުންގެ ވަޒީފާއަށް މީހުން ހޯދަން އިއުލާން ކޮށްފައި ވެއެވެ.

މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިއަށް އޮތް އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމާ ހަމައަށް ކަމާ ގުޅޭ ލިޔުންތަކާ އެކު ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް