ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 12:41
ކުޅުދުއްފުށީގައި ރޭ ހިނގި އެކްސިޑެންޓް
ކުޅުދުއްފުށީގައި ރޭ ހިނގި އެކްސިޑެންޓް
ކުޅުދުއްފުށި އޮންލައިން
ވެހިކަލް އެކްސިޑެންޓް
ކާރެއް ކޮންޓްރޯލް ނުކުރިވިގެން ގޮސް ހޮޅިދަނޑިއަކަށް އަރައިފި
އެކްސިޑެންޓްވިއިރު ކާރުގައި އިނނީ ޑްރައިވަރު އެކަނި

ހދ. ކުޅުދުއްފުށީގައި ކާރެއް ކޮންޓްރޯލް ނުކުރެވިގޮސް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެ، ކާރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ކުޅުދުއްފުށިން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ހުކުރު ދުވަހު ރޭ ދަންވަރު އެކެއް ޖަހާކަންހާއިރުއެވެ. މި މިއެކްސިޑެންޓްގައި ކާރު ޖެހިފައި ވަނީ އަމީނީމަގު، ފެމިލީ ބޭކަރީއާ ދިމާގައި ހުރި ހޮޅިދަނޑިއެއްގައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގި ވަގުތުގައި ކާރުގައި ޑްރައިވަރުގެ އިތުރުން އެއްވެސް މީހަކު ނެތެވެ. ޑްރައިވަރަށް އަނިޔާނުވެ ސަލާމަތްވެފައިވާއިރު ކާރުގެ ކުރީކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިހާދިސާގައި ހޮޅިދަނޑި ވަނީ ވެއްޓިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް