ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 10:33
2015 ވަނަ އަހަރު ބޭއްވި މަހާސިންތާގެ ތެރެއިން
2015 ވަނަ އަހަރު ބޭއްވި މަހާސިންތާގެ ތެރެއިން
ރާއްޖެއެމްވީ
ތިމާވެށި މަހާސިންތާ
ތިމާވެއްޓާ ބެހޭ ދަރިވަރުންގެ މަހާސިންތާ އެންމެ ފަހު ވަގުތު ކެންސަލްކޮށްފި
މި މަހާސިންތާ ބާއްވަން ނިންމާފައި ވަނީ އޭޕްރީލް 6-8 އަށް
ބައެެއް ހަރަދުތައް ވެސް ވަނީ ކޮށްފައި
ކެންސަލްކުރީ ރައީސް އޮފީހުން އަންގައިގެންކަމަށް ވޭ

ތިމާވެއްޓާ ބެހޭ ދަރިވަރުންގެ މަހާސިންތާ އެންމެ ފަހު ވަގުތުން ކެންސަލްކޮށްފިއެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި އޭޕްރީލް 6-8 އަށް ދަރުބާރުގޭގައި ބޭއްވުމަށް ނިންމާފައިވާ މަހާސިންތާ ކެންސަލްކުރީ ރައީސް އޮފީހުން އަންގައިގެންނެވެ. ނަމަވެސް ކެންސަލްކުރަން އެންގީ ކީއްވެ ކަމެއް ނޭނގެއެވެ.

މިކަމާ ގުޅޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީގެ ރަސްމީ ބަހެއް ނުލިބެއެވެ. ނަމަވެސް މަހާސިންތާ ކެންސަލްކޮށްފައިވާކަން އެ މިނިސްޓްރީގެ ބައެއް އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.  

ދަރިވަރުން ތިމާވެއްޓަށް ހޭލުންތެރިކުރުވުމުގެ މަގުސަތުގައި ގައިމީ ފެންވަރުގައި ބާއްވާ މި މަހާސިންތާގައި ރާއްޖޭގެ އެކި ސްކޫލްތަކުން ގާތްގަނޑަކަށް 400 ދަރިވަރުން ބައިވެރިވަން އޮތީ ނިންމައިފައެވެ. މަހާސިންތާ ކެންސަލްކުރިއިރު، އެ ދަރިވަރުން މާލެ ގެނައުމަށް އެއާލައިންތަކަށާއި ލޯންޗް ފަހަރަށް ހަރަދުކޮށްފައިވާ ކަމަށާއި މަހާސިންތާގެ ފެށުމުގެ ރަސްމިއްޔާތުގައި އިމާދުއްދީން ސްކޫލްގެ ދަރިވަރުން ހުށަހަޅައިދޭ ހަރަކާތްތަކަށް ބޭނުންވާ ކޮސްޓިއުމަށް ވެސް ހަރަދުކޮށްފައިވާކަން ވަނީ އެނގިފައެވެ.

މަހާސިންތާއަށް ގާތްގަނޑަކަށް އަށް މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި، ސަރުކާރުގެ ބަޖެޓުން ހަރަދުކުރަނީ ގާތްގަނޑަކަށް އެއް މިލިއަނެއްހާ ރުފިޔާއެވެ. އެހެން ފައިސާ ލިބިފައި ވަނީ ތިމާވެންޓާ ގުޅޭ ބޭރުގެ އެކި ފަންޑުތަކުންނެވެ. 

"މި މަހާސިންތާއަށް ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ މިހާރު ވެސް ވަނީ ހަރަދުކުރެވިފައި،" އޮފިޝަލަކު ވިދާޅުވިއެވެ. 

މިއަހަރުގެ މަހާސިންތާގެ ތީމަކަށް ކަނޑައަޅާފައި ވަނީ 'ދަރިވަރުންގެ ވިސްނުން ދެމެހެއްޓެނެވި ކުރިމަގަކަށް ބާރުވެރިކުރުވުން' އެވެ. ރާއްޖޭގެ އެކި ސްކޫލްތަކުން ކުދިން ބައިވެރިކޮށްގެން ތިމާވެށީގެ ދާއިރާ އިން ގައުމީ ފެންވަރުގައި ފުރަތަމަ މަހާސިންތާއެއް ބޭއްވީ 2015 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ދެ ދުވަހުގެ އެ މަހާސިންތާގައި ރާއްޖޭގެ 37 ސްކޫލަކުން 150 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
31 މާރޗް 2018 | ހޮނިހިރު 08:37
Aishath
Varah gina vaguthhaai varah bura masahkai thakeh beykaaru vegen dhiaee
31 މާރޗް 2018 | ހޮނިހިރު 07:43
މަރީ
މިސަރުކާރުގަ އިސްކަން ދޭނީ ހަމައެކަނި ސިޔާސީ ކަންތައް ތަކަށް. ކެމްޕޭން އަށް އެފައިސާ ކޮޅު ވެސް ދެން ނަގާ! އަދި ބާރަށް އަތް ޖަހާ! ??