ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 06:47
ރޮޒެއިނާ މުޒާހަރާގައި ވާހަކަ ދައްކަވަނީ
ރޮޒެއިނާ މުޒާހަރާގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރޮޒެއިނާ އާދަމް
ރައީސް ޔާމީންގެ ވެރިކަން ވަނީ ނަރު ފަށަކަށް ވުރެ ބަލިކަށިވެފައި: ރޮޒެއިނާ
އަޅުގަނޑުމެންނަށް ޔަޤީންކަމާއެކު ދަންނަވާލަން އެނގޭ އެއްޗަކީ ރައީސް ޔާމީންއަށް މި ޤައުމަކު ތާއީދެއް ނެތްކަން
ފެންނުވަރާ ހަނޑިގިއްލާއެއްހެން އިނދެގެން ބާ ޓިނު ގަނޑެއްގެ ދޮށުގައި ފާ ދޮންކެޔޮ ވަކެއް ކާން އިނދެގެން ވެރިކަން ކުރަން އުޅުނަސް މިހާރަކު ދެން އެކަމެއް ކާމިޔާބުވާކަށް ނެތް
ވަރަށް ބޮޑަށް ފާޑުވިދާޅުވި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނަރުފަށަކަށް ވުރެ ވެސް ހިމަވެފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގެ ކުރިމަތީގައި ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ރޮޒެއިނާ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ރައްޔިތުންގެ ތާއިދެއް ނެތް ކަމަށާއި ރައްޔިތުންނަށް ދޮގު ހަދާ ސަރުކާރަކަށް ޤައުމުގައި ވެރިކަން ކުރަން ޖާގައެއްވެސް ނެތް ކަމަށެވެ.

ރޮޒެއިނާ ވަނީ މިހާރު ވެރިކަން ކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ފެންނުވަރާ ހަނޑިގިއްލާއެއްހެން އިނދެގެން ބާ ޓިނު ގަނޑެއްގެ ދޮށުގައި ފާ ދޮންކެޔޮ ވަކެއް ކާން އިނދެގެން ވެރިކަން ކުރަން އުޅުނަސް މިހާރަކު ދެން އެކަމެއް ކާމިޔާބުވާކަށް ނެތް،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި އިންތިހާބެއް ބޭއްވިގެންދިޔަޔަސް ރައީސް ޔާމީންއަށް ނުވަތަ ޕީޕީއެމް އަށް ތާއިދުކޮށް ވޯޓުލާނެ ރައްޔިތަކު ނޫޅޭނެ ކަމަށާއި އެކަން ލޯކަލް ކައުންސިލް އިންތިހާބުންވެސް ވަރަށް ސާފުވެގެން ހިނގައްޖެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފުގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖެހުމާއި ގުޅިގެން ރޮޒެއިނާ ވިދާޅުވީ މާލެ ގެންނައިރު އޮންނަނީ ދޫނިދޫ އިން ލޯންޗަށް އަރުވާއިރު ކުރާ ދައުވާ ނޫންކަމަށާއި ކޯޓާއި ހަމައަށް ފޯރާއިރުވެސް ދައުވާ އެކި ގޮތްގޮތަށް ބަދަލުވެފައި އޮންނަ ކަމަށެވެ.

"ޕްރޮސެކިއުޓަރ ޖެނެރަލްވެސް އަޅުގަނޑު ދަންނަވާނީ ތިވަރުގެ ބޮޑު ނަންބޯޑެއް ބޮލުގައި އަޅައިގެން އިންނައިރުގައި ތިޔަވުރެން ޒިންމާދާރުކޮށް ކަންކަން ކުރަން ވެއްޖެއޭ. ދުވާލު ދެ ދަޅައަށް ދައުވާ ބަދަލުވޭ މީހަކު ގެންގޮސް ހައްޔަރުކޮށްފައި ބަހައްޓަންވީމައި މި ކިޔަނީ ޓެރަރިސްޓެކޭ. ނިކަން ވިސްނާ ވަޑައިގަންނަވާ ދުނިޔޭގެ ޤައުމުތަކުގައި ޓެރަރިސްޓެކޭ ބުނީމަ މިއީ ހާދަ ބޮޑު ކަމެކޭ. އެކަމަކު މި ދިވެހިރާއްޖޭގައި ނުވޭ މާ ބޮޑު ކަމަށް. މިތާ މިތިބީވެސް ހުސް ޓެރަރިސްޓުން. ހަމަ އަޅުގަނޑުމެން ހުރިހާ އެންމެންނަކީ ޓެރަރިސްޓުން" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންގެންދާ މަސައްކަތް ހިތްވަރާއެކީ ކުރިއަށްދާނެ ކަމަށާއި ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުވެގެންދާނެ ދުވަހެއް އަންނާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
31 މާރޗް 2018 | ހޮނިހިރު 11:09
ހ މ ޒ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، މުޅި އެއަރޕޯޓު ވަނީ އިންޤިލާބީ ބަދަލަކާއި ދިމާލަށް މިސްރާބު ޖަހާފައެވެ.
31 މާރޗް 2018 | ހޮނިހިރު 11:05
ހ މ ޒ
ސަރުކާރުން ވަނީ މާފަންނު ހުޅަނގާއި ދެކުނުގައި ހިމެނޭ ބައެއް ކޮށިތައް ހުސްކޮށް އެސަރަޙައްދު އަލުން ތަރައްޤީ ކުުރުމަށް ނިންމާފައެވެ. އަދި މިސަރަޙައްދުގައި ދިރިއުޅޭ އާޢިލާތަކަށް ފުލެޓް ދިނުމަށްވެސްވަނީ ނިންމަވާފައެވެ.
31 މާރޗް 2018 | ހޮނިހިރު 06:25
ހ މ ޒ
އާ ރަންވޭ ހުޅުވުމުން ޔޫރަޕްގެ ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ!