ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 06:06
ސަންގު ޓީވީ
ސަންގު ޓީވީ
ޓްވިޓަރ
ސަންގު ޓިވީ ޖޫރިމަނާ ކުރުން
ސަންގު ޓީވީ ޖުރިމަނާ ކުރުމާއި ގުޅިގެން ރާއްޖެޓީވީގެ މުވައްޒަފުން އެހީވާން ނިންމައިފި
ޖޫރިމަނާ ކޮށްފައިވަނީ އެއް ލައްކަ ރުފިޔާއިން
މައާފަށްވެސް އެދެން އަންގާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކި ވާހަކަތަކެއް ގެނެސްދިނުމާއި ގުޅިގެން ކަމަށް ބުނެ ސަންގު ޓީވީ ޖުރިމަނާ ކުރުމާއި ގުޅިގެން ރާއްޖެޓީވީގެ މުވައްޒަފުން ސަންގު ޓީވީ އަށް އެހީވާން ނިންމައިފިއެވެ.

ރާއްޖެޓީވީގެ ފަރާތުން ބުނީ ސަންގު ޓީވީ އަށް އެހީވާން ނިންމާފައިވަނީ ރާއްޖޭގައި މިނިވަން މީޑިއާ ދެމެހެއްޓުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

ބްރޯޑްކާސްޓް ކޮމިޝަނުން ސަންގު ޓީވީ އެއްލައްކަ ރުފިޔާ އިން ޖުރިމާނާކޮށްފައިވަނީ މިދިޔަ  އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެރޭ މުސްތަފާ ދެއްކެވި ވާހަކަތަކެއް ވަގުތުން ގެނެސްދެމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް މުސްތަފާ "އައުގުރާނަ ގޮވި" ކަމަށް ބުނެއެވެ.

ސަންގުޓީވީ 100000 ރުފިޔާއިން ޖޫރިމާނާ ކުރުމުގެ އިތުރުން އެ ކޮންޓެންޓު ގެނެސްދީފައިވާތީ އެކަމަށް މާފަށް އެދި އަންނަ އެޕްރީލު މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ކުރިން ބަޔާނެއް އެ ޓީވީން އާއްމު ކުރުމަށް ވެސް އަންގާފައިވެއެވެ.

މިއީ އަބުރުގެ ގާނޫނުގެ ދަށުން ސަންގުޓީވީ ޖޫރިމާނާ ކުރި ފުރަތަމަ ފަހަރެވެ.

ޕްރޮގްރާމެއްގައި މުސްތަފާ ދެއްކެވި ވާހަކައަކާއި ގުޅިގެން ރާއްޖެ ޓީވީ ވަނީ 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި ވީޓީވީވެސް ވަނީ ޕްރޮގްރާމެއްގައި މުސްތަފާ ދެއްކި ވާހަކައަކާއި ގުޅިގެން 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
31 މާރޗް 2018 | ހޮނިހިރު 05:45
ނުބައިހާނު
ރޮއްޓަކީ އައްޑޫ މީހުންނަށް އައުގުރާނަ ބަހަކަށް ވިޔަސް އުތުރުގެ މީހުން ވ މީރު ކޮށް ކައި އުޅޭ އެއްޗެއް. ހަމަ އެގޮތަށް ރަސްމީ ބަހުރަވައިގެ އައުގުރާނައަށް ވާ ގިނަ ލަފުޒުތަކެއް ހުވަދޫ މީހުން ލޯބިން ބޭނުންކުރޭ. ހުވަދޫ އެންމެން ޖޫރިމަނާ ކުރަމާ ބަހީ.