ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 06:01
ލޯކަލް މާރުކޭޓް ސަރަހައްދު ކައިރީގައި އޮތް ދޯންޏަކުން މުދާ ބަލަނީ
ލޯކަލް މާރުކޭޓް ސަރަހައްދު ކައިރީގައި އޮތް ދޯންޏަކުން މުދާ ބަލަނީ
މުހައްމަދު ޝަރުހާން
މުދާ އުފުލުން
މުދާ އުފުލުމަށް ގެނައި ބަދަލަށް އޭޕްރިލް މަހު އަމަލު ކުރަން ފަށަނީ
ދުވާލު ގަޑީގައި އުޅަނދުފަހަރުގައި މުދާ އުފުލުން މަނާކުރީ މަގުތައް ތޮއްޖެހުމުން

މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅެން ދަތިވަމުން ދާތީ، ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް ގެނައި ބަދަލަށް އަމަލުކުރަން އޭޕްރިލް އެއްވަނަ ދުވަހު ފައްޓާނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫންވެސް ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލަންވާނީ އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށް ކަމަށެވެ.

މީގެ އިތުރުން އްކާ ގޭސް އުފުލަންވާނީ ހެނދުނު 08:30 އިން ފެށިގެން މެންދުރު 11:00 އަށް އަދި އިރުއޮއްސި 06:00 އަކުން ހެނދުނު 06:00 އަކަށް ކަމަށް އެ އޮތޯރިޓީން ނެރުނު ބަޔާނުގައިވެއެވެ.

ޓްރާންސްޕޯޓުގެ އިއުލާންގައިވާ ގޮތުން ދުވާލު ގަޑީގައި އުޅަނދު ފަހަރުގައި މުދާ އުފުލުން މަނާކުރީ މަގުތައް ތޮއްޖެހުމުގެ އިތުރުން، ހިނގާ ބިނގާވެ އުޅެން ދަތިވަމުންދާތީ އާއި ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، އާންމު ރައްޔިތުން މަގުތައް ބޭނުންކުރުމުގައި ދަތިވާތީއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
31 މާރޗް 2018 | ހޮނިހިރު 05:22
ފާތުމާ
ޢަމާޒް ލާހޫރޭ ! އަބަދުވެސް ފަހަތަށް ފިޔަވަޅު????