ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 08:57
އިއްޔެ ފުރަތަމަ ފަހަރަށް އޭޑީކޭގައި ލެޕަރޮސްކޯޕިކް ސާޖަރީގައި ހަދަނީ
އިއްޔެ ފުރަތަމަ ފަހަރަށް އޭޑީކޭގައި ލެޕަރޮސްކޯޕިކް ސާޖަރީގައި ހަދަނީ
ފޭސްބުކް
އޭޑީކޭ ހޮސްޕިޓަލް
ރާއްޖޭގެ ފުރަތަމަ 3ޑީ ހައި ޑެފިނިޝަން ލެޕަރޮސްކޯފިކް ސާޖަރީ އޭޑީކޭގައި ހަދައިފި
3 ގަޑި އިރުގެ އޮޕަރޭޝަން ވަނީ ކާމިޔާބްކޮށްފަ

ރާއްޖޭގައި ފުރަތަމަ ފަހަރަށް 3ޑީ ހައި ޑެފިނިޝަން ލެޕަރޮސްކޯފިކް ސާޖަރީ އޭޑީކޭގައި ހަދައިފި އެވެ. 

ޒަމާނީ ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ އޮޕަރޭޝަންކުރުމުގެ މަގުބޫލު ޓެކްނޮލޮޖީ ބޭނުންކޮށްގެން މި އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުން ކުރީ ބުރާސްފަތި ދުވަހު އެވެ. މި އޮޕަރޭޝަނަކީ ހަށިގަނޑުގެ ކުޑަ ތަންކޮޅެއް ކަފައިގެން އޮޕަރޭޝަން ކުރާ ގުނަވަނުގެ ތެރެ ލެޕަރޮސްކޮޕް ނުވަތަ ފައިބާ އޮޕްޓިކް 3ޑީ ހައި ޑެފިނިޝަން ކެމެރާއެއް ބޭނުންކޮށްގެން ކުރާ އޮޕަރެޝަނަކެވެ.

މިއީ ރާއްޖޭގައި ކުރި މިފަދަ ފުރަތަމަ ލެޕަރޮސްކޮޕިކް ސާޖަރީ ކަމަށް އޭޑީކޭއިން ބުނެ އެވެ. މި ސާޖަރީ ކުރިއަށްގެންދިޔައީ އޭޑީކޭގެ "ސަންރައިޒް" ތިއޭޓަރުގަ އެވެ. ތިން ގަޑިއިރުގެ އޮޕަރޭޝަން ކާމިޔާބްކަމާއެކު ނިންމާލެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަށް މަރުހަބާ ވިދާޅުވެ އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތައް ވެސް ހިއްސާކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް