ކ. މާލެ
|
30 މާރޗް 2018 | ހުކުރު 19:01
ކުވައިތަށް ވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ އާސިމް
ކުވައިތަށް ވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ އާސިމް
ޓްވިޓަރ
ރާއްޖެ-ކުވައިތް
ކުވައިތަށް ކުރެއްވި ދަތުރަށް ފަހު މިނިސްޓަރު އާސިމް ރާއްޖެ ވަޑައިގެންފި
ރައީސް ޔާމިންގެ ހާއްސަ މަންދޫބު ފޮރިން މިނިސްޓަރު ޑރ އާސިމް ރާއްޖެ-ކުވައިތް އާ ގުޅޭ އެކި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީ އިން ހާމަ ކުރޭ

ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ކުވައިތަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ޑރ. އާސިމް އެނބުރި ވަޑައިގެންނެވި ކަން ހާމަކުރަމުން ބުނީ، ޑރ. އާސިމްގެ މި ދަތުރުފުޅުގައި ކުވައިތުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވާ ރާއްޖެ-ކުވައިތް އާ ގުޅޭ އެކި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަަމަށެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ކުވައިތަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، ކުވައިތުގެ ފޮރިން މިނިސްޓަރު އަދި ކުވައިތުގެ ބޮޑު ވަޒީރުގެ ނައިބު ސަބާހް އަލް ހާލިދް އަލް ހަމަދް އަލް ސަބާހްއާ އާއި ކުވައިތު ފަންޑުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ކުރިން ހާމަކޮށްފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށާއި، އޭގެ އިތުރުން އެހީގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ފޮރިން މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ. 

 

ރާއްޖެ އާއި ކުވެއިތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ޑިސެމްބަރު 1، 1977 ގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް